ބަނގުރާފުޅިތަކަކާ އެކު މާލެ އިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މިދިޔަ ހޯމަ ދުވަހުގެ ރޭ އިރާކޮޅު 24 އަހަރުގެ ފިރިހެނަކު ހަ ފުޅި ބަނގުރަލާ އެކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ މީހާގެ ވަނަވަރެއް ފުލުހުން އަދި ހާމައެއްނުކުރެ އެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރުކުރީ މާލެތެރެ ޕެޓްރޯލު ކުރަމުންދަނިކޮށް ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ހުއްޓުވަން މަސައްކަތް ކުރުމުން ނުހުއްޓައި ގޮސް ގ.ޑްރޫޕްގޭ ގޯޅި ގަނޑުތެރޭ ހުރި ގެއެއްގެ ފާހާނާ ތެރޭ ހުއްޓައި ކަމަށެވެ. އަދި އޭނާ އަތުގައި އެ ވަގުތު އޮތް ދަބަސް ބަލައި ފާސްކުރި އިރު އޭގެ ތެރެއިން ބަނގުރާ ފުޅިތައް ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.