ގެއެއްގެ ފުރަތަމަ ބުރިން ކުޑަ ފިރިހެން ކުއްޖަކު ވެއްޓި ވަރަށް ބޮޑަށް އަނިޔާ ވެއްޖެ އެވެ.  ފަސް އަހަރުގެ ކުޑަކުއްޖާ ވެއްޓުނީ އިއްޔެ މެންދުރު ފަހު 3:00 ޖަހާއިއިރު ހެންވޭރު ޕެންޓަން ވިލާގޭގެ ފުރަތަމަ ބުރިންނެވެ.


ފުލުހުން ބުނީ ފަސް އަހަރުގެ ކުޑަ ކުއްޖާ ވެއްޓި އަނިޔާ ވެފައިއޮއްވާ ނެގި އިރު އޮތީ  ހޭނެތިފައި ކަމަށާއި އެކުއްޖާ  ވެއްޓުނީ ޕެންޓަން ވިލާއާ ޖެހިގެން އޮންނަ ގޯޅިއެއްގެ ތެރެއަށް ކަމަށެވެ.


 ވެއްޓި އަނިޔާވި ކުއްޖާ އަށް ފަރުވާ ދިނުމަށް އޭޑީކޭއަށް ގެންދިއުމަށް ފަހު ސީޓީ ސްކޭން ހެދުމަށް އައިޖީއެމްއެޗަށް މިހާރު ވަނީ ބަދަލުކޮށްފަ އެވެ.