ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަޙުލޫފަށް ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީ އެލަވަންސްގެ ގޮތުގައި ލިބިވަޑައިގަންނަވައި 20،000ރ. މަދަނީ ތިން ޖަމްއިއްޔާއަކަށް ހަދިޔާ ކުރައްވަން ނިންމަވާފި އެވެ.

މިއަދު ޕީޕީއެމް އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މަޙުލޫފް ވިދާޅުވީ އެނާއަށް ކޮންމެ މަހަކު ރައްޔިތުންގެ މަޖިލީހުން ލިބޭ ކޮމެޓީއެލެވެންސް ހަދިޔާ ކުރާނީ ކެއާ ސޮސައިޓީއަށާއި ޓައިނީ ހާޓްސް އަށާއި އަދި ތެލެސީމިޔާ ސޮސައިޓީއަށް ކަމަށެވެ. އެގޮތުން ކެއާ ސޮސައިޓީއަށް 50 ޕަސެންޓް ޓައިނީ ހާޓްސް އަށާއި ތެލަަސީމިޔާ ސޮސައިޓީއަށް 25 ޕަސެންޓް ހަދިޔާ ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު އޮކްޓޫބަރު މަހުން ފެށިގެން ކޮމެޓީ އެލެވެސްގެ ގޮތުގައި ލިބޭ ފައިސާ އަޅުގަނޑު މި ނިންންމަނީ ކެއާ ސޮސައިޓީ އާއި، ޓައީނީ ހާޓްސްއާއި އަދި ތެލެސީމިޔާ ސޮސައިޓީ މި ތިން ފަރާތަށް ހަދިޔާ ކުރަން،" މަހުލޫފް ވިދާޅުވިއެވެ.

މީގެ އިތުރުން މަހުލޫފް ވިދާޅުވީ މިކަމަކީ އެއްވެސް ހާލެއްގައި ދެއްކުމަކަށް ކުރާ ކަމެއްނޫން ކަމަށާއި ބޭނުމަކީ ލިބޭ ފައިސާ މުޖުތަމަޢަށް ފައިދާހިރި ކަމެއް ކުރާ ބަޔަކަށް ހަދިޔާ ކުރުން ކަމަށެވެ.

ކޮމެޓީ އެލަވަންސް ތިން ޖަމްއިއްޔާއަކަށް ހަދިޔާކުރައްވަން ނިންމެވީއިރު މަހުލޫފު ލަވަވިދާޅުވެގެން ލިބިވަޑައިގަތް 10000ރ. ވެސް ވަނީ ކެއާ ސޮސައިޓީއަށް ހަދިޔާކުރައްވައިފަ އެވެ.