08 Aug 2026, 23:30
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން އިމާރާތްކޮށް ބަލަހައްޓަމުންދާ އަމާން ދޯދި ފުލެޓުތައް ހުންނަ ސަރަހައްދުން 600އަށް ވުރެ ގިނަ ޓަނުގެ ކުނި ނަގައި އެ ސަރަހައްދު ސާފުކޮށްފިއެވެ.
ފަހި ފުލެޓު ސަރަހައްދަށް ޖަމާކޮށްފައި ހުރި ކުނިތައް ނަގައި ހުޅުމާލޭގެ ބެލެނިވެރި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ސާފުކޮށްފައިވަނީ "މަދިރިން ރައްކާ"ގެ ނަމުގައި ހިންގި ހަރަކާތެއްގެ ދަށުންނެވެ.
މަދިރިން ރައްކާ ކެންޕެއިން ގެ ދަށުން އަމާން ދޯދި ޓަވަރުތައް ކައިރީ ކުރިއަށް ގެންދެވުނު ސާފުކުރުމުގެ އިޖްތިމާއީ ހަރަކާތުގެ އުސްއަލިތައް.
އަޅުގަނޑުމެންގެ އަމާޒަކީ އެންމެން ގުޅިގެން ސާފުތާހިރު މުޖުތަމައެއް ބިނާކުރުން.#withHDC#MyHulhumalé#SeaToSilverShores#HDC25…pic.twitter.com/vijDxtKp5w— Housing Development Corporation (@hdcmaldives)August 8, 2026
މި ވަގުތު އެޗްޑީސީގެ ޑިރެކްޓަރެއްގެ މަގާމު ފުރުއްވަމުން ގެންދަވާ މަލްޝާ ޝަރީފް 'އެކްސް'ގައި ލިޔުއްވައިފައިވާ ގޮތުގައި، މިއަދު ކުރިއަށް ގެންދިޔަ ހަރަކާތުގައި 670 ޓަނުގެ ކުނި އެޗްޑީސީން ކުރި މަސައްކަތުން ނަގައިފައިވެއެވެ.
ފަހި ފުލެޓު ސަރަހައްދުގައި ބާކީ ހުރި ކުނިތައް އެޗްޑީސީގެ ޓީމުން އައިސް މާދަމާގެ ވަގުތެއްގައި ނަގާނެ ކަމަށް ވެސް މަލްޝާ ލިޔުއްވައިފައިވެއެވެ.
670 TONNES.