ރާއްޖޭގެ މުއާސަލަތީ ކުންފުނި ދިރާގުން ރޯދަ މަހަށް ހާއްސަކޮށްގެން ކުރިއަށްގެން ދިޔަ ޕްރޮމޯޝަންތަކުގައި ވަނަވަނަ އަށް ދިޔަ ފަރާތްތަކަށް އިނާމް ހަވާލުކޮށްފި އެވެ.

ދިރާގާއި ލެކިއުޓް ލައިފް ސުޓައިލް ގުޅިގެން ކުރިއަށް ގެންދިޔަ އެ ޕްރޮމޯޝަންތަކުގެ އިނާމުދިނުމަށް އިއްޔެ ލެކިއުޓް ލައިފް ސުޓައިލް ފިހާރާގައި ބޭއްވި ހަފްލާއެއްގައި ވަނަވަނަ އަށް ދިޔަ ފަރާތްތަކަށް އިނާމްތައް ހަވާލުކޮށްދެއްވީ ދިރާގުގެ ޑިރެކްޓާ މާކެޓިން އަހުމަދު މައުމޫން އާއި ކުރީގެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު އަދި ލެކިއުޓްގެ ހިއްސާދާރެއް ކަމަށްވާ މަހުމޫދު ރާޒީ އެވެ.

ދިރާގުން ރޯދަ މަހު ކުރިއަށްގެން ދިޔަ ޕްރޮމޯޝަންތަކުގެ ތެރެއިން 100،000 ރުފިޔާގެ އަގު ހުރި އިނާމް ހުށައަލާފައިވާ "ދިރާގު ރޯދަ ބޮޑު ހަދިޔާ" ހާސިލްކޮށްފައި ވަނީ ނ. ވެލިދޫ، މާފަހި ހަސަން ފާއިޒް އެވެ. ހަސަން ފާއިޒަށް އިނާމެއްގެ ގޮތުގައި ލެކިއުޓް ލައިފް ސުޓައިލްގެ ފަރާތުން ހުށައަޅާފައިވާ އައިސްއަލަމާރި އަކާއި ގޭސް އުނދުނަކާއި ޑިޝް ވޮޝާއެއްގެ އިތުރުން މައިކޮރޯވޭވްއަކާއި ފްޑް ޕްރޮސެސާ އަކާއި ފުލް އެޗްޑީ 3ޑީ ޓީވީއެއްގެ އިތުރުން ބުލޫރޭ ހޯމް ތިއޭޓަރު ސިސްޓަމެއް ވަނީ ދީފަ އެވެ.

އަދި އެ ޕްރޮމޯޝަނުން ގުރުއަތުން ހޮވުނު އިތުރު ނުވަ ފަރާތަކަށް ވަނީ ޕެނޮސޮނިކް ބުރޭޑްގެ މިކުސަރު ދީފަ އެވެ. އެގޮތުން ގުރުއަތުން ހޮވުނު ނުވަ ފަރާތަކީ ނ. ހޮޅުދޫ ކަސްމީރު ވާދީ، އަހުމަދު ޖަޖީލް އާއި މ. އަލުވި، މުހައްމަދު މަޖީދުގެ އިތުރުން ބ. ތުޅާދޫ، ކަނދޮޅު މާގެ، އައިމިނަތު ސިފާޔާ އާއި ގ. ފަރުކަނި، ޝީޒާ އަލީ އާއި ގ. މަރޯނާގެ، އައިމިނަތު އަބުދުލް ސަމަދުގެ އިތުރުން މ. ހާފުސް ވިލާ، އިބުރާހިމް ރަޝީދު އާއި ވިލިމާލެ، މޫދުވެލި، މުހައްމަދު ރަޝީދު އާއި މ. ދެވެލިކިނާރާ، އައްބާސް މުހައްމަދާއި މއ. ރަވީގެ، ޖުލައިހާ އަލި ދީދީ އެވެ.

އަދި "އެސްއެމްއެސް ވާހަކަ މަޖާ" ޕްރޮމޯޝަނުން އެއް ވަނަ ހާސިލްކޮށްގެން ޕެނަސޮނިކް ޑިޖިޓަލް ކެމަރާ ލެކިއުޓްގެ ގިފްޓްޕެކް ހާސިލްކޮށްފައިވާ ތިން ފަރާތް ކަމަށްވާ ހުޅުމާލޭ ފުލެޓް ފާތިހް އަބޫބަކުރާއި ހއ. ދިއްދޫ ހަޒާރުމާގެ މުހައްމަދު އިބުރާހިމްގެ އިތުރުން ހަމަ އެ ރަށު ނަފާ މުހައްމަދު ނަބީލް އަށް ވެސް ވަނީ އިނާމް ހަވާލުކޮށްފަ އެވެ.

އަދި ދިރާގުން ކުރިއަށް ގެންދިޔަ މޯބައިލް ކޮންޓެންޓް މޭނިއާ(އެމްސީއެމް) އިން ވަނަވަނަ އަށް ދިޔަ ފަރާތްތަކަށް ވެސް ވަނީ އިނާމް ހަވާލުކޮށްފަ އެވެ.