07 Sep 2010, 19:07
ޅ. ޅޮއްސަލަފުށީގައި ލަގުޒަރީ ވިލާ އަޅާ ގޮތަށް ސަރުކާރުން ނިންމަވައިފި އެވެ.
ރައީސް އޮފީހުން ބުނީ ޅޮއްސަލަފުށީގެ ލަގުޒަރީ ވިލާ އަޅަން ހަމަޖެއްސީ ދިހަހާސް ހައުސިން ޔުނިޓުގެ މަޝްރޫޢުގެ ދަށުން ކަމަށާއި އެ ރަށުގައި ލަގުޒަރީ ވިލާ އަޅަން ނިންމެވީ މިއަދު އޮތް ވަޒިރުންގެ މަޖިލީހުން ކަމަށެވެ.
ޅޮއްސަލަފުށީގައި ލަގުޒަރީ ވިލާ އަޅާ ގޮތަށް ނިންމީ މިނިސްޓްރީ އޮފް ހައުސިން އެންޑް އެންވަޔަރަންމަންޓުން ތައްޔާރު ކުރެއްވި ކަރުދާހެއްގެ މައްޗަށް ވަޒީރުންގެ މަޖިލީހުގެ މެންބަރުން މަޝްވަރާ ކުރައްވައި، ދިވެހިރާއްޖޭގެ ބިމާ ބެހޭ އިދާރީ އޮނިގަނޑުގެ މައްޗަށް ރިޢާޔަތް ކުރެއްވުމަށްފަހުގައި ކަމަށް ވެސް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.