26 Sep 2012, 16:46
މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮންޕެނީ ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށް ސަރުކާރުން އައްޔަން ކުރައްވާ ޑިރެކްޓަރުންގެ ގޮތުގައި ދެ ބޭފުޅަކު ހަމަޖައްސަވައިފި އެވެ.
ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި އެބޯޑަށް ސަރުކާރުން އައްޔަން ކުރައްވާފައިވާ ދެ ބޭފުޅުންނަކީ މއ. އިސްޕަންޖުގޭ އަބްދުއްސަމީއު ހަސަނާއި، މ. ނާޒްލީ މަންޒިލް އިލްޔާސް ފަރުހާދެވެ.
އެ ދެ ބޭފުޅުންނާ އެކު ބޯޑުގައި މިހާރު ހިމެނިވަޑައިގަންނަވަނީ ޗެއާޕާސަން މ. ލަކްސްލިން ނީޒާ އިމާދާއި މެނޭޖިންގް ޑިރެކްޓަރު މ. ހަނީޑިއު މުހައްމަދު އަހުމަދުދީދީ އާއި ޑިރެކްޓަރު އައްޑު އަތޮޅު ހުޅުދޫ ބްލޫއެއާ ހ. ޗިނަރު މުހައްމަދު ރަޝީދާއި މއ. ޗަނބޭލީމާގޭ އައިޝަތު ނަޝީދާ އެވެ.