ފުވައްމުލަކުގައި ފުޅާ ދާއިރާ އެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމަށް ބެލެވޭ ދެ މީހަކު މަސްތުވާތަކެއްޗާ އެކު ހައްޔަރުކޮށްފި އެވެ.


ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ފުވައްމުލަކު، ދަޑިމަގު، ސަންޝައިން އުމުރުން 24 އަހަރުގެ ނިޝާދު މުހައްމަދާއި އެ އަވަށު ދަޑިމަގުގޭ އުމުރުން 25 އަހަރުގެ އިބުރާހިމް އަބްދުލްރަހްމާނުގެ ހަށިގަނޑު ފުލުހުން ރޭ ބަލާ ފާސްކުރިކުރުމުން ބުލެޓް ސައިޒްގެ ދެ ޕެކެޓް ފެނިފައިވާ ކަމަށެވެ. 


އެ ދެ މީހުންނަކީ މީގެ ކުރިންވެސް މަސްތުވާތަކެތީގެ ރިކޯޑްސް އޮތް ބައެއް ކަމަށް ވެސް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.


މީގެ އިތުރުން ވެސް މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތިން ޕެކެޓާއިއެކު ދެ މީހަކު މިދިޔަ ހުކުރު ދުވަހުގެރޭ ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުންގެ އޮފިޝަލު ވިދާޅުވީ ފުވައްމުލަކުގައި ކުރިއަށް ގެންދިޔަ ޚާއްސަ އޮޕަރޭޝަނެއްގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ހައްޔަރު ކޮށްފައިވަނީ އެ ރަށު ގްރޭސް އުމުރުން 19 އަހަރުގެ އިބުރާހިމް އަޒްހާނާއި ސީސައިޑު އުމުރުން 28 އަހަރުގެ އަލީ ނާފިޒު ކަމަށް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.