26 Sep 2012, 13:55
އިންޑިއާ ސަރުކާރުގެ އެހީގައި ރާއްޖޭގައި ބިނާކުރާ އިންސްޓްޓިއުޓް ފޯ ސެކިއުރިޓީ ލޯ އެންްފޯސްމެންޓް އެންޑް ސްޓަޑީސް (އައިލްސް) ގާއިމްކުރުމުގެ އެއްބަސްވުމުގައި ރާއްޖެ އާއި އިންޑިއާ އިން މިއަދު ސޮއިކޮށްފި އެވެ.
ބަނޑޮސް އައިލެންްޑް ރިޒޯޓްގައި މިއަދު އޮތް ރަސްމިއްޔާތެއްގަައި އައިލްސް ގާއިމް ކުރުމުގެ އެއްބަސްވުގައި ސޮއިކުރެއްްވީ ރާއްޖޭގެ ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލު އަހުމަދާއި އިންްޑިއާގެ ހޯމްް މިނިސްޓަރު ސުޝިލްކުމާރު ޝިންޑޭ އެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑރ. ޖަމީލު ވިދާޅުވީ އިންޑިއާގެ އެހީގައި ގާއިމްކުރާ އެ އިންސްޓްޓިއުޓުން ރާއްޖޭގެ ލޯއެންފޯސްމެންޓް އެޖެންސީތަކަށާއި ޝަރުއީ ދާއިރާ އަށް ވެސް ގިނަ ގުނަ ފައިދާތަކެއް ކުރާނެ ކަމަށެވެ. އެގޮތުން އެދާއިރާތަކުން މީހުން ތަމްރީނު ކުރުމާއި ރިސާޗް ކުރުންް ފަދަ ހުރިހާ ކަންތައްތަކެއް ވެސް އެތަނުން ކުރާނެ ކަމަށްް ވެސްް އޭނާ ވިދާޅުވި އެވެ.
ޖަމީލުގެ ވާހަކަފުޅުގައި އެެފަދަ އިންްސްޓްޓިއުޓެއް ގާއިމްކޮށްދެއްވާތީ އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރެއްވި އެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިންްޑިއާގެ ހޯމް މިނިސްޓަރު ސުޝިލްކުމާރު ޝެންޑީ ވިދާޅުވީ ސެކިއުރިޓީ އާއި ލޯއެންފޯސްންމެންޓް ދާއިރާ އިންް ރާއްޖެ އަށް ކުރިމަތިވެފައިވާ ގިނަ މައްސަލަތަކެއް މިއަދުގެ ބައްދަލުުވުމަށް ހުށައެޅި ކަމަށާއި މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ގާއިމް ކުރާ އިންްސްޓްޓިއުޓް ވެގެންދާނީ އެފަދަ މައްސަަލަތަކަށް އޮތް ހައްލަކަށް ކަމަށެވެ.
އަދި ވިދާޅުވީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަނީ ވަރަށް ގާތް އުޚުއްވަތްތެރިކަމުގެ ގުުޅުމެއް ކަމަށާއި އިންޑިއާ އިން ރާއްޖެ އަށް އަބަދުވެސް އެހީތެރިވެދޭނެ ކަމަށެވެ.
އިންޑިއާ އިންް ގާއިމް ކޮށްދޭ އިންސްޓްޓިއުޓްގެ މަަސައްކަތް ސީދާ ފެށޭނެ ދުވަހެއް އަދި ވިދާޅުވާން އެނގިވަޑަައިނުގަންނަވާ ކަމަށާއި އެހެން ނަަމަވެސް އެ މަސައްކަތް ދެން ލަސްނުވާނެ ކަަމަށް ހޯމް މިނިސްޓަރު ޖަމީލު ވިދާޅުވި އެވެ.
ޅ. ދިއްފުށިމައިދޫގައި ގާއިމްްކުރުމަށް ހަަމަޖެހިފައިވާ އެ އިންސްޓިއުޓުން، ލޯއެންފޯސް މެންޓް އަދި ސެކިއުރިޓީ ދާއިރާ އިން މީހުން ތަމްރީނު ކުރުމުގެެ އިތުރުން އެ ދާއިރާ އިން ރިސާޗްތައް ކުރާނެ ކަމަށާއި މިސަރަހައްދުގެ އެފަދަ އެންމެ ފެންވަރު ރަަނގަޅު އެއް އިންސްޓްޓިއުޓަށް އެތަން ވެގެންދާނެ ކަމަށް އުއްމީދުކުރާ ކަމަށް ފުލުހުން ބުންޏެވެ.
އިންޑިއާ ސަރުކާރުން ރާއްޖޭގައި މިފަދަ އިންސްޓްޓިއުޓެއް ގާއިމްކުރުމުގެ ވާހަކަ އަކީ ކުރިން ވެސް ދެގައުމުގެ ދެމެދުގައި ދެކެވިފައިވާ ވާހަކަަައެކެވެ. އަދި އެތަން ގާއިމް ކުރުމަށް ކުރިން ވެސް ހަމަޖައްސާފައިވާ ރަށަކީ ޅ. ދިއްފުށިމައިދު އެވެ.