26 Sep 2012, 13:27
އިނގިރޭސި ލީގް ކަޕްގެ ތިންވަނަ ބުރުގައި ރޭ ޗެލްސީން ވުލްވްސް ކޮޅަށް ލަނޑު ގޯންޏެއް ޖަހައިފި އެވެ.
ލަންޑަންގެ ސްޓެމްފަޑް ބްރިޖްގައި ވޮލްސްވްސްއާއި ދެކޮޅަށް ކުޅުނު މިމެޗް ޗެލްސީން ކާމިޔާބުކުރީ 6-0 ލަނޑުން ނެވެ.
ރޭގެ މެޗުގައި ޗެލްސީން ޖެހި އެޓީމުގެ ފުރަތަމަ ލަނޑު މެޗުގެ ހަތަރު ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ އިންގްލޭންޑުގެ ޑިފެންޑަރު ގެރީ ކާހިލެވެ. ޗެލްސީގެ ދެ ވަނަ ލަނޑު މެޗުގެ އަށް ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ވެސް އިންގްލޭންޑުގެ ޑިފެންޑަރު ރަޔާން ބަރޓްރަންޑެވެ. އަދި ޗެލްސީގެ ތިން ވަނަ ލަނޑު މެޗުގެ 17 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ސްޕެއިންގެ ފޯވާޑް ހުއާން މާޓާއެވެ. ހަތަރު ވަނަ ލަނޑު 53 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އެޓީމަށް ކާމިޔާބު ކޮށްދިނީ އޮރިއަލް ރޮމެއޫއެވެ.
ޗެލްސީގެ ފަރާތުން މޮޅުކުޅުމެއް ފެނިގެން ދިޔަ މިމެޗުގައި ޗެލްސީގެ ފަސް ވަނަ ލަނޑު މެޗުގެ 58 ވަނަ މިނެޓުގައި ފެނާންޑޯ ޓޮރޭސް ކާމިޔާބު ކޮށްދިން އިރު އެޓީމްގެ ފަހު ލަނޑު މެޗުގެ 71 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ވިކްޓާ މޯސެސްއެވެ.
މިމުބާރާތުގައި ރޭ ކުޅުނު މެންޗެސްޓާ ސިޓީ އަތުން 4-2 ލަނޑުން އެސްޓަން ވިލާ މޮޅުވިއިރު، ސިޓީއަށް ވަނީ މުބާރާތުން އަލްވަދާއު ކިޔަން ޖެހިފައެވެ. އަދި ލީޑްސް ޔުނައިޓެޑް އަތުން 2- 1 އިން ބަލިވެ، އެވަޓަން ވެސް މުބާރާތުން އަލްވަދާއު ކިޔަންޖެހުނުއިރު، ޝެފީލްޑް ވެނިސްޑޭ އަތުން 2- 0 އިން ސައުތުހެމްޓަން ވަނީ މޮޅުވެފައެވެ. އަދި ވިގަން މޮޅުވީ ވެސްޓްހާމްއަތުން 4-1 ލަނޑުންނެވެ. އަދި ކްރޯލީ ޓައުން އަތުން 3- 2 އިން ސްވަންސީ ސިޓީ މޮޅުވިއިރު، މިލްޓަން ކެއިންސް ޑޮންސް އެފްސީ އަތުން ސަންޑަލޭންޑް މޮޅުވީ 2- 0 އިންނެވެ.
ލީގުގައި ކަޕްގައި މިރޭ ފަސް މެޗެއް ކުޅުމަށް ހަމަޖެހިފައި ވާއިރު، އެންމެ ފޯރިގަދަވާނެ ކަމަށް ބެލެވޭ ދެމެޗަކީ މެންޗެސްޓާ ޔުނައިޓެޑާއި ނިއުކާސަލް ޔުނައިޓެޑް ބައްދަލުކުރާ މެޗާއި އާސެނަލް އާއި ކޮވެންޓުރީ ސިޓީ ބައްދަލުކުރާ މެޗެވެ.