ސ. ފޭދޫގައި ކާރެއްގައި އަލިފާން ރޯވެ ގެއްލުންތަކެއްވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އަލިފާނުގެ އެ ހާދިސާއާ ގުޅިގެން އެއްވެސް މީހަކަށް އަނިޔާވެފައިނުވާ ކަމަށެވެ.

ރޭ ގާތްގަނޑަކަށް 3:30 އެހާކަންހާ އިރު ފުލުހުންނަށް ރިޕޯޓް ކުރި އެ ހާދިސާގައި އަލިފާން ރޯވެފައި ވަނީ އެ ރަށު ސިޓީލޮޖް ގެސްޓުހައުސް ކުރިމަތީ އޮތް އަމިއްލަ މީހެއްގެ ކާރެއްގަ އެވެ.

ފުލުހުން ބުނީ އެ ހާދިސާއާ ގުޅިގެން އަދިވެސް މީހަކު ހައްޔަރު ނުކުރާ ކަމަށާއި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ފުލުހުން ބުނީ ހާދިސާ ހިނގި ގޮތް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.