26 Sep 2012, 10:37
ބަނގްލަދޭޝް ކަޓައި ޓުވެންޓީ20 ކްރިކެޓް ވޯލްޑް ކަޕުގެ ގަދަ އަށެއްގެ ފަހު ޖާގަ ޕާކިސްތާނަށް ލިބިއްޖެ އެވެ.
މި ދެ ގައުމު އިއްޔެ ބައްދަލު ކުރި މެޗުގައި ބަންގާޅުން ކުޅެން އަރައި 20 އޯވަރުގެ ތެރޭގައި ހެދީ 175 ލަނޑެވެ. ޕާކިސްތާން ކުޅެން އަރައި މެޗު ކާމިޔާބު ކުރީ ދެ ވިކެޓަށް 178 ލަނޑު ހަދައިގެންނެވެ. އެއިރު ބާކީ ދެ އޯވަރު އޮތެވެ.
މި މުބާރާތުގެ ގަދަ އަށަކަށް ނޮހިވި ކެޓީ ބަންގާޅާއި އަފްގާނިސްތާނާއި އަޔަލޭންޑް އަދި ޒިމްބާބުވޭ އެވެ. އަޔަލޭންޑް ކެޓީ ވެސްޓް އިންޑީޒާއެކު ކުޅުނު މެޗު ވާރޭގެ ސަބަބުން ހުއްޓާލަން ޖެހުމުން އެ ގައުމުން މެޗު ދޫކޮށްލުމުންނެވެ.
ސްރީލަންކާގައި ކުރިއަށްދާ މުބާރާތުގެ ގަދަ އަށެއްގައި ހިމެނޭ އަށް ގައުމު ބަހާލާފައިވަނީ ދެ ގްރޫޕަކަށެވެ. ގްރޫޕް އޭގައި ހިމެނެނީ މި މުބާރާތުގެ އެންމެ ފުރަތަމަ ޗެމްޕިއަން އިންގްލޭންޑާއި ވެސްޓްއިންޑީޒް އަދި ލަންކާ އާއި ނިއުޒީލޭންޑެވެ. ގްރޫޕް ބީގައި ހިމެނެނީ ކްރިކެޓްގެ ގަދަ ބާރުތައް ކަމަށްވާ އެންމެ ފަހުގެ ޗެމްޕިއަން ޕާކިސްތާނާއި އޭގެ ކުރީ އަހަރުގެ ޗެމްޕިއަން އިންޑިޔާ އަދި އޮސްޓްރޭލިޔާ އާއި ސައުތުއެފްރިކާ އެވެ. މިއިން ކޮންމެ ގްރޫޕަކުން ވެސް ސެމީ ފައިނަލަށްދާނީ ދެ ޓީމެވެ.
މުބާރާތުފެ ގަދަ އަށެއްގެ ފުރަތަމަ މެޗުގައި މާދަމާ ކުޅޭނީ ސްރީލަންކާ އާއި ނިއުޒީލޭންޑެވެ.