26 Sep 2012, 10:24
ރެއާލް މެޑްރިޑުގެ ކޯޗު ހޯސޭ މޮރީނިއޯ އާއި ޑިފެންޑަރު ސާޖިއޯ ރާމޯސްއާ ދެމެދު ވަރަށް ބޮޑަށް މައްސަލަޖެހިފައިވާ ކަމަށް ދެކެވޭ ވާހަކަތައް ކުޅުންތެރިޔާ ދޮގުކޮށްފި އެވެ.
ނަމަވެސް ލީގުގައި ޖެހިޖެހިގެން ދެ މެޗުން ބަލިވުމުން ޗެމްޕިއަންސް ލީގުގައި މެންޗެސްޓާ ސިޓީ އަތުން ރެއާލް މޮޅުވި މެޗުގައި ރާމޯސް އިންނަން ޖެހުނީ ބެންޗުގަ އެވެ.
"އަހަންނަނަށް ނޭނގެ އެ މެޗުގައި ބެންޗުގައި ބޭންދުމަކީ އަހަންނަށް ދީފައިވާ އަދަބެއް ކަމެއް. އެއީ ކޯޗިންގެ ކަމެއް ކަމަށް އަހަރެން ގަބޫލުކުރަނީ،" ރާމޯސް ބުންޏެވެ.
މޮރީނިއޯ ވަނީ ރާޔޯ ވަޔެކާނޯ އަތުން އިއްޔެރޭ ރެއާލް މޮޅުވި މެޗުގައި ރާމޯސް އަށް އަކުން ފުރަތަމަ އެގާރައިން ފުރުސަތުދީފަ އެވެ.
"އަހަރެން ވާހަކަ ދައްކަން ބޭނުންވަނީ ރެއާލް މެޑްރިޑާ ބެހޭގޮތުން. އެއީ އަހަރެންގެ ލޭ. ކުލަބުގެ އެތެރޭގައި ހިނގާ ކަންކަމާބެހޭ ގޮތުން ވާހަކަ ދައްކާކަށް ބޭނުމެއްނޫން،" މޯރިނިއޯއާ މައްސަލަ ޖެހިފައިވާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ރާމޯސް ބުންޏެވެ.