26 Sep 2012, 09:58
ޗެލްސީގެ ބައެއް ފުޓްބޯޅަ ކުޅުންތެރިންގެ އަތުކުރީ ގަޑިތަކާއި މޮބައިލް ފޯނުނު އަދި ވޮލެޓްތައް ވަގަށް ނަގައިފި އެވެ. މި މަހުގެ ކުރީކޮޅު މި ތަކެތި ވަގަށް ނެގީ އެކުލަބުގެ ކޮބްހަމް ޓްރޭނިން ގްރައުންޑުގައި ކުޅުންތެރިން ޓްރޭނިންގައި ތިއްބަ އެވެ.
ޗެލްސީން މި މައްސަލަ ތަހުގީގް ކުރުމަށް ފުލުހުންނާ ހަވާލުކޮށްފައިވާއިރު ކުޅުންތެރިން ވަނީ އެ މީހުންގެ ތަކެތީގެ ރައްކާތެރިކަމާމެދު ކުލަބާ ސުވާލުކޮށްފަ އެވެ. އަދި މީގެ ކުރިން ޗޭންޖިން ރޫމުން ވަޅިއެއް ފެނިފައިވާތީވެ ކުޅުންތެރިން އެމީހުންގެ އަމިއްލަ ރައްކާތެރިކަމާމެދު ވެސް ވަނީ ސުވާލު އުފައްދައިފަ އެވެ. އަދި އޭގެ ފަހުން ވަނީ ދުން ބޮންތަކެއް ވެސް ފެނިފަ އެވެ.
ޗެލްސީގެ ބައެއް ސްޓާފުންއަތުން ވަނީ އެމީހުންނަށް ލިބުނު ޔޫރަޕިއަން ޗެމްޕިއަންސްލީގު ތަށި ވެސް ކޮންމެވެސް ވަރަކަށް ހަލާކުވެފަ އެވެ. އެއީ ހުއްދަނެތި ތައްޓާއެކު ފޮޓޯނަގަން އުޅުމުގެ ތެރޭގަ އެވެ.