30 Jul 2026, 17:11
ތ. ތިމަރަފުށީގައި މީގެ ދެ އަހަރު ކުރިން އޮތް ފުޓްބޯޅަ މެޗެއްގެ ތެރެއިން، ފުލުހަކަށް ހަމަލާ ދޭނެ ކަމަށް އިންޒާރު ދިން މީހަކު ޖަލަށް ލާން ހުކުމްކޮށްފިއެވެ.
މިއީ. 2024 ވަނަ އަހަރު، ތިމަރަފުށީ ފުޓްބޯޅަ ދަނޑު ސަރަހައްދުގައި ސެކިއުރިޓީ ބަލަހައްޓަމުން ދިޔަ ފުލުހަކަށް އިންޒާރު ދިން މައްސަލައެކެވެ. އެ މެޗުގެ ތެރެއިން، ނ. މިލަދުއަށް ނިސްބަތްވާ މީހާ ވަނީ ފުލުސް މީހާގެ "އަނގަމަތި ފަޅާލާނޭ" ކަމަށް ބުނެފައެވެ.
އެ މައްސަލައިގައި މިލަދޫ މީހާގެ މައްޗަށް އުފުލާފައިވަނީ މީހަކަށް އަނިޔާއެއް ލިބޭ ފަދަ ކުށެއް ކޮށްފާނެ ކަމުގެ ބިރު ދެއްކުމުގެ ދައުވާއެވެ. އެ މައްސަލަ ބެލީ ތިމަރަފުށީ މެޖިސްޓްރޭޓް ކޯޓުންނެވެ.
މި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި، އޭނާ ވަނީ ދައުލަތުގެ ދައުވާއަށް އިންކާރުކޮށްފައެވެ. އެހެންކަމުން މައްސަލަ ސާބިތުވެފައިވަނީ ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުގެ އަލީގައެވެ.
އެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، އެ ހާދިސާއާ ގުޅިގެން ފުލުހަކަށް އިންޒާރު ދިން މީހާވަނީ ފަހުން އެ ފުލުސް މީހާއާ ބައްދަލުކޮށް އެ ކަމަށް މައާފަށް ވެސް އެދިފައެވެ.
ކުށުގެ އެއްވެސް ރެކޯޑެއް ކުރިން ނެތް މި މީހާގެ މައްޗަށް ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އިއްވި ނަމަވެސް، އެ ހުކުމް ޝަރިއަތުންވަނީ ޖޫރިމަނާގެ އަދަބަކަށް ބަދަލުކޮށް އަދަބު ލުއިކޮށްދީފައެވެ. އެގޮތުން ޖަލު ހުކުމް ބަދަލުކޮށްފައިވަނީ 28،800 ރުފިޔާގެ ޖޫރިމަނާއަކަށެވެ.
މި ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި ދެއްކުމަށްވަނީ ކޯޓުންވަނީ ހުކުމްކޮށްފައެވެ.