25 Sep 2012, 22:32
ފަަސޭހަ ކަމާއެކު އާސަންދައާއި ބެހޭ މައުލޫމާތުތައް ފޯރުކޮށް ދިނުމަށް އާސަންދަ މޯބައިލް އެޕްލިކޭޝަނެއް ތައާރަފްކޮށްފި އެވެ.
އާސަންދައިގެ އެޕްލިކޭޝަންތައް ތައްޔާރުކުރާ އެލައިޑް އިންޝޫރެންސްގެ މެނޭޖާ އިންފޮމޭޝަން ސިސްޓަމްސް އަހުމަދު ރިއާޒީ މުހައްމަދު ވިދާޅުވީ އެ އެޕްލިކޭޝަން އެންޑްރޮއިޑްގެ އިތުރުން އައިއޯއެސް ޑިވައިސްތަކުގައި ބޭނުން ކުރެވޭނެ ކަމަށެވެ. އަދި އެއިން އާސަންދައގެ ހިދުމަތާބެހޭ ގިނަ މައުލޫމާތުތައް ވެސް ލިބޭނެ ކަމަށެވެ.
"އެޕްލިކޭޝަންގައި މިހުންނަ ފަންގްޝަންތަކަކީ ކޮންމެ މީހެއްގެ ބެލެންސް ބަލާލުމާއި ފައިސާ ހަރަދުވެފައި ހުރިގޮތް ބެލުން، އެގޮތުން އެއިގެން އެގޭނެ ކޮން ހޮސްޕިޓަލަކަށްތޯ ދެއްކުނީ ކިހާވަރެއްތޯ ހަރަދުވީ، ހަދާފައިވާ ޓުރާންސެކްޝަންތައް ވެސް. އޭގެ އިތުރުން އާސަންދައާ ކޮމިއުނިކޭޓް ކޮއްލަން ބޭނުންވިޔަސް އެޕްލިކޭޝަން މެދުވެރިކޮށް ކޮމިއުނިކޭޓް ކޮށްލެވޭނެ،" ރިއާޒީ ވިދާޅުވި އެވެ.
އެޕްލިކޭޝަން ބޭނުން ކުރަން ރަޖިސްޓްރީ ކުރަން ޖެހެ އެވެ. އޭގެ މައުލޫމާތް އާސަންދަވެބް ސައިޓުންލިބެން ހުންނައިރު އެޕުލިކޭޝަން ޑައުންލޯޑް ކުރެއްވެން ވެސް އެސައިޓުގައި ހުރެ އެވެ.
ރިއާޒީ ވިދާޅުވީ އެޕްލިކޭޝަން ތައާރަފްކޮށްފައިވަނީ ހިޔާލު ހޯދަން ވަގުތީ ގޮތުން ކަމަށާއި މިހާރުވެސް އެޕުލިކޭޝަން މިހާރު ވެސް ބޭނުން ކުރެވޭނެ ކަމަށެވެ.