25 Sep 2012, 14:56
ރާއްޖޭގެ ކުރިކެޓް ބޯޑުން އިންތިޒާމްކޮށްގެން ބާއްވާ ފަސް ވަނަ އިންޓަ ރިސޯޓް ކުރިކެޓް މުބާރާތް މިއަދު ފަށައިފި އެވެ.
ކުޅިވަރު އެކުވެނީގައި މިއަދު ހެނދުނު ފެށި މިމުބާރާތުގައި ޖުމްލަ ތިން ރިސޯޓަކުން ވާދަކުރާއިރު، އެރިސޯޓް ތަކަކީ ވޭތުވެދިޔަ ތިން އަހަރުފެ ޗެމްޕިއަން މީރު އައިލެންޑް ރިސޯޓާއި ފޯސީޒަން އައިލެންޑް ރިސޯޓް އަދި ކުލަބް މެޑެވެ.
ކޮންމެ ޓީމެއް ވެސް ކޮންމެ ޓީމަކާ ކުޅެ، އެންމެ ގިނަ ޕޮއިންޓު ހޯދާ ދެ ޓީމެއް ފައިނަލަށް ދަތުރު ކުރާ މިމުބާރާތަކީ އެއް ދުވަހުގެ މުއްދަތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މުބާރާތެއް ކަމަށް ވެސް ކުރިކެޓް ބޯޑުން ބުނެއެވެ.
މިމުބާރާތުގައި މިއަދު ހެނދުނު ބައްދަލުކުރި ދެ ޓީމަކީ ކުލަބް މެޑާއި މީރު އައިލެންޑް ރިސޯޓެވެ.