25 Sep 2012, 13:04
މާލެ ތެރެ ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންގެ ވެހިކަލެއްގެ ބިއްލޫރިގަނޑު ތަޅާލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ރޭ ދަންވަރު 1:00 ޖަހާކަންހާ އިރު ހިނގި އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިނުވާ ކަމަށެވެ. ނަމަވެސް ފުލުސް ވެހިކަލްގެ ޖިޕްގެ ފަހަތު ބިއްލޫރިގަނޑު އެއްކޮށް ތަޅާލާފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފޝަލު ވިދާޅުވި އެވެ.
ހެންވޭރު ސަހަރާ ކައިރީ ހިނގި އެ ހާދިސާގައި ޖިޕާ ދިމާލަށް ސައިކަލުގައި ދިޔަ ދެ މީހަކު ގަލެއް އެއްލުމަށް ފަހު ވަނީ ފިލާފަ އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެދެމީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.