ޓޫރިސްޓެއްގެ ދަބަހަކުން ވައްކަން ކުރި ކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ މިދިޔަ ހުކުރު ދުވަހު ފުލުހުންނަށް ރިޕޯޓު ކުރި އެ ހާދިސާގައި ވައްކަން ކޮށްފައި ވަނީ ޝަންގްރިއްލާ ވިލިނގިލި ރިސޯޓްގައި ޗުއްޓީ ހޭދަކޮށްލުމަށް ފަހު ފުރަން އެއާޕޯޓަށް ދިޔަ ލޯންޗުމަތީގައި ތިއްބައި ކަމަށެވެ.

ފުލުހުން ބުނީ ވަގަށް ނާގާފައި ވަނީ އައިޕެޑަކާއި ކެމެރާއެއްގެ ފްލެޝް ކަމަށެވެ. ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެތަކެތި އަދި ފެނިފައިނުވާ ކަމަށެވެ.

ވައްކަމުގެ އެ މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައި ވަނީ އުމުރުން 29 އަހަރާއި 30 އަހަރާއި 31 އަހަރުގެ ތިން މީހުންނެވެ. ނަމަވެސް އެމީހުންނަކީ އެ ރިސޯޓުގެ މުވައްޒަފުން ކަމެއް ނުވަތަ ނޫން ކަމެއް ސާފެއްނުވެ އެވެ.