މައްސަލައަކާ ގުޅިގެން ފޮޓޯ އާއި މައުލޫމާތު އާންމުކޮށް ފުލުހުން ހޯދަމުން ދިޔަ މީހަކު މާލެ އިން ހައްޔަރުކޮށްފި އެވެ.

ޅ. ނައިފަރު، މިސްކިތްދޮށުގެ އަޙްމަދު އިބްރާހިމް، 37، ހައްޔަރުކޮށްފައި ވަނީ އިއްޔެ މެންދުރު 12:15 ހާކަންހާއިރު މާލެ އިންނެވެ. ނަމަވެސް އޭނައާ ބެހޭ އިތުރު މައުލޫމާތެއް ފުލުހުން ނުދެ އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އޭނާ ހައްޔަރުކޮށްފައި ވަނީ ރިސޯޓެއްގައި މަސައްކަތް ކުރުމަށް ފަހު އޮފްޑޭ އަށް މާލެއައި ވަގުތު އެވެ.

އަދި އޭނާ ހޯދަމުން ދަނީ ބަދުއަޚްލާގީ މައްސަލަތަކަކާ ގުޅިގެން ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފަ އެވެ.