20 Jul 2026, 13:41
ސްވިމް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބާއްވާ "ދިރާގު މާލެ އޯޕަން 2026" ފެތުމުގެ މުބާރާތުގައި ބައިވެރިވުމަށްރަޖިސްޓަރީކުރުމުގެފުރުސަތު މި މަހުގެ ނިޔަލަށް ހަމަވާނެކަން ދިރާގުން ހަނދާން ކޮށްދީފިއެވެ.
މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޮގަސްޓު މަހުގެ 21 އަދި 22 ވަނަ ދުވަހު މާލޭގެ ރަސްފަންނުގައެވެ.
މުބާރާތުގައި ބައިވެރިވުމަށް ރަޖިސްޓަރީކުރުމުގެ ސުންގަޑިއަކީ މި މަހުގެ ނިޔަލަށެވެ.
މި އަހަރުގެ މުބާރާތުގައި ކުރިއަށްގެންދާ ކެޓަގަރީތަކުގެ ތެރޭގައި އެއް ކިލޯމީޓަރާއި، 500 މީޓަރާއި، 250 މީޓަރުގެ އިތުރުން މުޅިން އަލަށް ތަޢާރަފުކުރާ 500 މީޓަރުގެ ޓީމު ރިލޭ ހިމެނެއެވެ.
ސްވިމް މޯލްޑިވްސް އިން ބުނި ގޮތުގައި މި މުބާރާތުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގައި އޯޕަން ވޯޓާ ސްވިމިން ކުރިއަރުވައި، އެ ކުޅިވަރަށް އާންމުންގެ ޝައުގުވެރިކަން އިތުރުކުރުމެވެ. އަދި ހަމައެއާއެކު، ރާއްޖޭގެ ކަނޑުތައް ރައްކާތެރިކުރުމަށް އާންމުން ހޭލުންތެރިކުރުމަކީ ވެސް މި މުބާރާތުގެ އަމާޒެއް ކަމަށް އެ ފަރާތުން ބުނެފައިވެއެވެ.
މީގެ އިތުރުން، މުބާރާތުގެ މެއިން ސްޕޮންސާ ދިރާގުން ބުނެފައިވަނީ އެ ކުންފުނިން މިފަދަ ހަރަކާތްތަކަށް އެހީތެރިވަނީ ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއެޅުމަށާއި އިޖުތިމާއީ ގުޅުން ބަދަހިކުރުމަށް ކަމަށެވެ.
ފާއިތުވި އަހަރު ބޭއްވި މާލެ އޯޕަން މުބާރާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 350 ފެތުންތެރިން ބައިވެރިވިއެވެ. އޭގެ ތެރެއިން 340 އަށްވުރެ ގިނަ ފެތުންތެރިން ރޭސް ފުރިހަމަކޮށްފައިވާއިރު، އުމުރުން ފަސް އަހަރާއި 65 އަހަރާ ދެމެދުގެ މީހުން ވަނީ ބައިވެރިވެފައެވެ.
މުބާރާތުގައި ބައިވެރިވުމަށް ސްވިމް މޯލްޑިވްސްގެވެބްސައިޓްމެދުވެރިކޮށް މިހާރު ފޯމު ހުށަހެޅޭނެއެވެ.