24 Sep 2012, 11:06
އެމްޑީޕީގެ ހަރަކާތްތައް ގއ. ކޮލަމާފުށީގައި ކުރިޔަށް ގެންދަން ފައިސާ ހޯދުމަށް، ފެށި ހަރަކާތެއްގައި އެ ރަށުގެ ތިން ދޯންޏަކުން މަހަށް ގޮސް 47250 ރ. ހޯދައިފި އެވެ.
އެމްޑީޕީން ބުނީ ޕާޓީ ހަރަކާތަށް ފައިސާ ހޯދަން ކޮލަމާފުށީގެ 70 ވަރަކަށް މީހުންނާއެކު ހޮނިހިރު ދުވަހު ތިން ދޯނި މަހަށް ފުރި ނަމަވެސް އެން ނުދެމިގެން އެއް ދޯނި އަނބުރާ ރަށަށް އައީ ކަމަށާއި އަނެއް ދެ ދޯނިން ބޭނި 6.5 ޓަނުގެ މަސް ބޭނި ކަމަށެވެ. ބޭނި މަހުން ލިބުނު ފައިސާއިން ޚަރަދަށް ކަނޑާފައި، ބާކީވި ފައިސާގެ ދެ ބައިކުޅަ އެއްބައި ކޮލަމާފުށީ އެމްޑީޕީ ފަންޑަށް ހަދިޔާކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.
އެމްޑީޕީއަށް ފައިސާ ހޯދައިދޭން ކޮލަމާފުށިން މަހަށް ނުކުތީ އެ ރަށު ރަސްއައިން ދޯންޏާއި ނޫމަސް ދޯންޏާއި އޮއިބާނި އެވެ.