09 Jul 2026, 17:21
ގދ. ތިނަދޫގެ ބޯޓެއް އަޑިއަށް ދާން ފަށައިފިއެވެ.
ޖަޒީރާ ނަމަކަށް ކިޔާ މި ބޯޓު އަޑިއަށް ދާކަން އެމްއެންޑީއެފުން 'ސަން'އަށް ވަނީ ކަށަވަރުކޮށްދީފައެވެ.
މި ކަމާ ގުޅޭ އިތުރު މައުލޫމާތު ލިބުމުން ހިއްސާކުރާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މީސްމީޑިއާގައި ދައުރުވާ ވީޑިއޯއަކުން ފެންނަ ގޮތުގައި، އެ ބޯޓުގެ ބައެއް މިހާރު ވަނީ އަޑިއަށް ގޮސްފައެވެ. އަދި ދެ ތިން މީހަކު އެ ބޯޓުގައި ހަރަކާތްތެރިވަމުން ދިޔައިރު، ބެލެވޭ ގޮތުގައި އެއީ މުދާ އުފުލާ ބޯޓެކެވެ.
އިތުރު ތަފުސީލު އަންނަނީ...