23 Sep 2012, 13:44
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ހުއްޓިފައި އޮވެގެން ބަޔަކު ކަންބޮޑު ވެގެން އުޅޭހެން ހީނުވާ ކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ސަން އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ ތަފާތު އެކި ސަބަބުތަކާހުރެ މަޖިލީހުގެ ޖަލްސާތައް ހުއްޓިފައި އޮތް ނަމަވެސް އެކަމާ ބަޔަކު ކަންބޮޑު ނުވާ ކަމަށެވެ. އަދި އެކަން ނުވެސް ފެންނަ ކަމަށެވެ.
މަޖިލީޙުގެ ޖަލްސާތައް ކުރިއަށް ނުގެންދެވޭ މައްސަލަ ހައްލު ކުރަން ދައްކަނީ ހުސް ވާހަކަތަކެއް ކަމަށާއި ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމުގައި އެއްވެސް ބަޔަކު އިޙްލާސްތެރި ކަމާއެކު މަޝްވަރާތަކެއް ނުކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީއިން އެ ޕާޓީ އަކީ އިދިކޮޅު ޕާޓީ ނުވަތަ ނޫންތޯ އުފައްދާ ސުވާލަށް އިޝާރާތް ކުރައްވައި ނަޝީދު ވިދާޅުވީ ރިޔާސީ ނިޒާމެއްގައި އިދިކޮޅު ޕާޓީ އަކީ ކޮބައިތޯ ނުވަތަ ނޫންތޯ އެނގުން މުހިންމު ނޫން ކަމަށާއި ރިޔާސީ ނިޒާމެއްގައި މުހިންމީ މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރު ކަމަށެވެ.
ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ހަލަބޮލިވެ ކުރިއަށް ނުގެންދެވިގެން ބައެއް މެން ބަރުން ގަދަކަމުން ނެރެގެން ވެސް މަޖިލިސް ކުރިއަށް ގެންގޮސްފައިވާއިރު އަދިވެސް އެ އުސޫލުން މަޖިލިސް ކުރިއަށް ގެންދެވޭނެ ކަމަށެވެ.