ހުސްވި, ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޕީއެންސީގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުﷲ ޚަލީލް މިއަދު އައްޔަނުކޮށްފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން މިއަދު ބުނި ގޮތުގައި، އެ މަގާމަށް ފިރުޒުލް އައްޔަނުކުރީ މިއަދެވެ. ނަމަވެސް އިތުރު ތަފުސީލެއް ނުދެއެވެ.

ހައްޖު ކޯޕަރޭޝަންގެ އެމްޑިގެ މަގާމު ހުސްވީ، މިދިޔަ މަހުގެ 23އާ ހަމައަށް އެ މަގާމުގައި ހުންނެވި މުހައްމަދު ޝަކީލް އެ މަގާމުން އިސްތިއުފާދެއްވުމުންނެވެ. އޭނާ އިސްތިއުފާ ދެއްވާފައި ވަނީ، އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރު ކަމަށް އައްޔަނުކުރުމުންނެވެ.

އީސީގެ ރައީސަކަށް ވެސް ޝަކީލް އައްޔަނުކުރުމަށް މަޖިލީހުން ވަނީ ރުހުން ވެސް ދީފައެވެ.

ފާހަގަކުރެވޭ ގޮތުގައި، ފިރުޒުލްއަކީ މިސްރުގެ އަލްއަޒްހަރު ޔުނިވާސިޓީގައި ކުއްލިއްޔަތުން ޝަރީއާ ވަލްގާނޫނުން ތައުލީމް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ އަކީ ހާފިޘެއް ވެސް މެއެވެ.

ފިރުޒުލް ވަނީ އާ ސަރުކާރު ރަސްމީކޮށް ހަވާލުވުމާ ހަމައަށް އިންތިގާލީ މަރުހަލާގެ ތަރުޖަމާނުކަން ވެސް އަދައިކުރައްވައިފައެވެ.