ގއ. ދާންދޫން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ރޭ އިރާކޮޅު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 45 އަހަރުގެ ފިރިހެނަކު 57 ރަބަރު ހޮޅިކޮޅާއެކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އަދި އޭނާ ހައްޔަރުކުރިއިރު މަސްތުވާތަކެތި ޕެކެޓްތައް ބިންމައްޗަށް އުކާލާ ފޮރުވަން މަސައްކަތް ކުރި ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ސަން އަށް މައުލޫމާތު ދިން މީހަކު ބުނީ ދާންދޫއަށް ނިސްބަތްވާ އެމީހާ ހައްޔަރުކުރީ އެ އަތޮޅު ނިލަންދޫން މަސްތުވާތަކެތި ހިފައިގެން ދާންދޫއަށް ދިޔަ ވަގުތު ކަމަށެވެ. އަދި އޭނާއަކީ މަސްތުވާތަކެތީގެ ވިޔަފާރިކޮށް އެތަކެތީގެ ބޭނުން ކުރާ މީހެއްކަމަށް ވެސް އެމީހާ ބުންޏެވެ.