22 Sep 2012, 13:22
ވިލިމާލެއިން ގެއްލިގެ ހޯދަމުންދިޔަ އަންހެން މީހާ މާލެ އަތޮޅު ކ. ގުރައިދޫ ހުއްޓައި މިއަދު ފެނިއްޖެ އެވެ.
ފުލުހުންގ ބުނީ ވިލިމާލޭގައި ދިރިއުޅެމުން އަންނަ ހދ. ކުޅުދުއްފުށީ މޭވާގޭ، ފަހީމާ މުހައްމަދު 38، ފެނުނުއިރު އޭނާގެ ހާލު ރަނގަޅު ކަމަށެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި ފަހީމާ ގެއްލިގެން ހޯދަން އިއުލާން ކުރުމުން މިއަދު ފުލުހަށް އެންގީ ގުރައިދޫގައި ހުރެފައި ފަހީމާ އަމިއްލައަށް ގުޅައިގެނެވެ. އޭނާ ގުރައިދުއަށް ގޮސްފައިވަނީ އިއްޔެ ހަވީރުގެ ވަގުތެއްގަ އެވެ.
އާއިލާއިން ބުނެފައި ވަނީ ފަހީމާ އެންމެ ފަހުން ފެނިފައިވަނީ އެމީހުން ވިލިމާލޭގައި ދިރިއުޅޭ ގޭގެ ތެރޭ ހުއްޓައި ކަމަށެވެ.