އަވަސްފަރުވާގެ ޚިދުމަތް ލުއިފަސޭހަކޮށް އަވަހަށް ދިނުމަށް ޓަކައި ހުޅުމާލެ ހޮސްޕިޓަލުގައި އައުޓް ޕޭޝަންޓް ނާސިންގެ ޚިދުމަތް ފަށައިފިއެވެ.

މި ޚިދުމަތަކީ އާންމުކޮށް ބޭނުންވާ ނާސިންގެ ފަރުވާތައް ރައްޔިތުންނަށް ލުއިފަސޭހަ ކަމާއެކު އަވަހަށް ފޯރުކޮށްދިނުމުގެ ގޮތުން ހުޅުމާލެ ހޮސްޕިޓަލުގައި ތައާރަފްކުރެވުނު ޚިދުމަތެކެވެ.

އެ ޚިދުމަތް ފަށާފައި ވަނީ އެކަމަށް ޚާއްސަކޮށްގެން އެ ހޮސްޕިޓަލުގައި ބޭއްވުނު ރަސްމިއްޔާތެއްގައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމެވެ.

މި ޚިދުމަތުގެ ސަބަބުން ޑޮކްޓަރަށް ދެއްކުމުގެ އިތުރުން ބަލިމީހުންނަށް ބޭނުންވާ ބައެއް ޚިދުމަތްތައް ލުއިފަސޭހަކަމާއެކު ލިބިގެންދެއެއެވެ.

އައުޓް ޕޭޝެންޓް ނާސިން ސާވިސްއިން ފޯރުކޮށްދޭ ޚިދުމަތްތައް:

  • އިންޖެކްޝަން ޖެހުން

  • ބޭސްއެޅުން
  • އާވިއަރުވައިދުނުން
  • ބަނޑުގައިވާ ދަރިފުޅުގެ ވިންދު ބަލައިދިނުން
  • ލޭ ނެގުމާއި ލޭ ހަދިޔާކުރުމުގެ ޚިދުމަތްތައް
  • ހަކުރު ބަލައިދިނުން

އައުޓް ޕޭޝެންޓް ނާސިން ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހެނދުނު 8:00 އިން ރޭގަނޑު 11:00 އަށް ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.