ބަނގުރާ ހުސްކުރި ކަމަށް ބެލެވޭ ފުޅިތަކަކާއެކު، ހުޅުމާލޭން ހައްޔަރު ކުރި ހަތަރު ޒުވާނުންގެ ބަންދަށް ފަސް ދުވަސް ޖަހައިފިއެވެ.

މި މައްސަލައިގައި ފުލުހުން ބުނީ، މިއަދު ހެނދުނު 6:05 ހާއިރު، ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހުންނަ އެޕާޓްމަންޓެއްގައި ހަމަނުޖެހުމެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބުނު ކަމަށެވެ.

އެ ހާދިސާއާ ގުޅިގެން ހައްޔަރު ކުރި ހަތަރު މީހުން ކޯޓަށް ހާޒިރު ކުރުމުން ކޮންމެ މީހެއްގެ ބަންދަށް ވެސް ޖެހީ ފަސް ދުވަހެވެ.

މި ހާދިސާއާ ގުޅިގެން ހައްޔަރު ކުރި މީހުން:

  1. ރިފްގާ ޖަމާލް / ބޯޅަކިންކިރިމާގެ ގދ. ގައްދޫ (29 އަހަރު)

  2. ސުހާ ޝަފީއު / ދަތްފަރު 93301 (26 އަހަރު)
  3. ހަސަން ލުޖައިން މުހައްމަދު / ފަރީސާމަންޒިލް ނ. ވެލިދޫ (24 އަހަރު)
  4. އިބްރާހީމް މަންސޫރު / ރަންތަރި ނ. ވެލިދޫ (34 އަހަރު)

މި މައްސަލައާ ގުޅިގެން، އިންވެސްޓިގޭޝަން އޮފިސަރުންނާއި ކުށުގެ ވެށީގައި ތިބި ފުލުހުން އެ އެޕާޓްމަންޓް ބަލައި ފާސްކޮށް، ތަހުގީގަށް ބޭނުންވާނެ ހެކިތައް އެއްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޭގެ ތެރޭގައި ބަނގުރާ ހުސްކޮށްފައި ހުރި ކަމަށް ބެލެވޭ ފުޅިތަކެއް ހިމެނޭ ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް އަދި ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.