27 Jun 2026, 10:22
އދ. ހަންޏާމީދޫގައި ބަގީއެއް ފުރޮޅާލައި ހިނގި ހާދިސާއެއްގައި ކުޑަކުއްޖަކު މަރުވެއްޖެއެވެ.
ހަންޏާމީދޫގެ ކައުންސިލަރު އާމިނަތު ރަމްޒާ 'ސަން'އަށް މިއަދު ވިދާޅުވީ، ހަންޏާމީދޫގައި ބަގީއެއް ފުރޮޅާލައި ކުޑަކުއްޖަކު މަރުވީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
މި ހާދިސާގައި މަރުވީ, އދ ހަންޏާމީދު / ޑެއިޒީވިލާ އަލީ އަނަސް ބިން މުޙައްމަދު އަރީޝްއެވެ. އެއީ 13 އަހަރުގެ ކުއްޖެކެވެ.
ނަމަވެސް ހާދިސާއާ ގުޅޭ އިތުރު ތަފުސީލު ކައުންސިލަރު ނުދެއްވިއެވެ.
އެ ރަށުން މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގީ އެ ރަށު ބަނދަރު ކައިރި ތަޅުދަނޑި ޖަހާފައި ބަހައްޓާފައި ހުރި ބަގީއަކަށް އެ ކުއްޖާ އަރައި ސްޓާޓް ކޮށްލި ވަގުތު ބަގީއާއެކު މޫދަށް ވެއްޓި ލިބުނު އަނިޔާތަކެއްގައެވެ.
އިއްޔެ މަރުވި ކުއްޖާގެ މައްޗަށް ކަށުނަމާދުކޮށް، ރޭގެ ވަގުތެއްގައި ވަނީ ވަޅުލައިފައެވެ.