14:27


ފިތުރު އީދު ދުވަހު ޖުމްހޫރީ މައިދާނުގައި ވެސް އީދު ނަމާދުކުރެވޭނެ އިންތިޒާމް ތަކެއް ހަމަޖައްސާފައިވާ ކަމަށް އިސްލާމިކް އެފެއާޒުން ބުނެފި އެވެ.


އިސްލާމިކް އެފެއާޒުގެ އެސިސްޓެންޓް ޑިރެކްޓަރ އަހްމަދުﷲ ޖަމީލް މިއަދު ވިދާޅުވީ ނަމާދަށް ދާ މީހުންނަށް ފަސޭހަވާނޭ ގޮތަށް ގިނަ ބަޔަކަށް ޖަމާޢަތުގައި ނަމާދު ކުރުމުގެ ފުރުޞަތު ހޯދައިދިނުމުގެ މަޤްޞަދުގައި އިސްލާމީ މަރުކަޒާއި، ސިފައިންގެ މައިމަރުކަޒާ ދެމެދުގައި އޮންނަ މަގުގަ އާއި، އިސްލާމީ މަރުކަޒުގެ ދެފަރާތުގައި އޮންނަ މެދުޒިޔާރަތްމަގާއި، އަމީރު އަޙްމަދު މަގު އަދި ޖުމްހޫރީ މައިދާނުގައި ވެސް ޢީދު ނަމާދު ކުރުމުގެ އިންތިޒާމް މިހާރު ހަމަޖައްސަމުން ގެންދާ ކަމަށެވެ.


ޢީދު ދުވަހުގެ ހެނދުނު ހަޔަކުން ފެށިގެން އިސްލާމީ މަރުކަޒުގެ ސަރަޙައްދަށް ދުއްވާ ތަކެތީގައި ވަދެ ނޫޅުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.