ނޫސްވެރިންނަށް ކުރިމަތިވާ އެކިކަހަލަ ނުރައްކާތެރިތަކުން ސަލާމަތްވާނެ ގޮތް ދަސްކޮށްދިނުމަށް ނޫސްވެރިންނަށް އަމާޒުކޮށްގެން ހިންގި "ސެލްފް ޑިފެންސް ސްކްލިސް ޓޭރޭނިން" ކޯސް ފުރިހަމަ ކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފި އެވެ.

އިސްކަންދަރުކޮށީގައި ރޭ ބޭއްވި ރަސްމިޔާތުގައި ކޯސް ފުރިހަމަ ކުރި ބައިވެރިނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ އެ ރަސްމިޔާތުގެ ޝަރަފްވެރި މެހުމާނު ޑެޕިއުޓީ ހޯމް މިނިސްޓްރު މުހައްމަދު ސަލީމެވެ.

މި ރަސްމިޔާތުގައި ޑެޕިއުޓީ ހޯމް މިނިސްޓަރު ދެއްކެވި ވާހަކަފުޅުގައި މީޑިޔާތަކަށް އެފަދަ ކޯސްތައް ހިންގުމަކީ ނުހަނު ބޭނުންތެރި ކަމެއް ކަމަށާއި ސަރުކާރުން މަސައްކަތް ކުރަނީ މީޑިޔާތާއި ގާތްގުޅުމެއް ބޭއްވުމަށް ކަމަށް ވިދާޅުވި އެވެ. ސަރުކާރުން މީޑިޔާތާއި ގާތްގުޅުމެއް ބާއްވަން ކުރާ މަސައް ހުއްޓައިނުލާ ކުރާނެ ކަމަށާއި މީޑިޔާތަކަށް އަމާޒުވާ އިތުރު ކޯސް ތަކެއް ހިންގާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ރޭ ބޭއްވި ރަސްމިޔާތުގައި ޑެޕިއުޓީ ކޮމިޝަނާ ހުސެއިން ވަހީދުގެ އިތުރުން މީޑިޔާ ތަކާއި ގުޅުންހުރި އެކި ދާއިރާތަކުގެ އިސް ބޭފުޅުން ބައިވެރިވެޑައިގެންނެވި އެވެ.