22 Sep 2012, 09:47
ވިލިމާލެއިން އުމުރުން 38 އަހަރުގެ އަންހެނަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ފުލުހުން ބުނީ ވިލިމާލޭގައި ދިރިއުޅެމުން އަންނަ ހދ. ކުޅުދުއްފުށި މޭވާގޭ ފަހީމާ މުހައްމަދު 38، (ފޮޓޯގައި) ގެއްލިގެން ރޭ ދަންވަރު 12:50 އެހާކަންހާއިރު އޭނާގެ އާއިލާއިން ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ އޭނާ އެންމެ ފަހުން ފެނިފައި ވަނީ ވިލިމާލޭގައި އޭނާ ދިރިއުޅޭ ގޭގައި ހުއްޓާ ކަމަށް އާއިލާއިން މައުލޫމާތު ދީފައިވާކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް އާއިލާއާ ގުޅިގެން ފުލުހުން ކުރަމުން އަންނަ ކަމަަށެވެ.
ފަހީމާ އާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ލަސްނުކޮށް އެކަން ފުލުހުންނަށް ރިޕޯޓު ކުރުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފަ އެވެ.