21 Sep 2012, 19:08
އެމެރިކާގެ ނިއުޔޯކްގައި އޮންނަ އދ. ގެ ޖެނަލްއެސެމްބްލީ ނިންމާލެއްވުމަށްފަހު ހަފުތާއެއްހާ ދުވަހުގެ އަހަރީ ޖުއްޓީ ނެންގެވުމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ނިންމަވައިފި އެވެ.
އދ. ގެ ޖެނަރަލް އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް މިއަދު ހެނދުނު ނިއުޔޯކަށް ފުރާވަޑައިގަތުމުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު ޗުއްޓީ ނެންގެވުމަށް ފަހު ހުންނަވާނީ އެމަނިކުފާނުގެ ބޭބޭފުޅުންގެ ގާތުގައި ކަމަށެވެ.
"އަޅުގަނޑު ގަސްތުކުރަނީ މި [އދ.ގެ ބައްދަލުވުން]ނިންމުމަށްފަހުގައި ހަފްތާއެއްހާ ދުވަހުގެ ޗުއްޓީއެއް ނަންގަން. އަޅުގަނޑުގެ ކުދިންނާއި އެކީގައިގައި،" ރައީސް ވިދާޅުވި އެވެ.
މިއީ އެމަނިކުފާނު ރައީސުލް ޖުމްހޫރިއްޔާގެ މަގާމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު ޗުއްޓީއެއް ނަންގަވާ ފުރަތަމަ ފަހަރެވެ.
ރައީސްގެ ދަރިކަލުން ހުންނަވަނީ އެމެރިކާގައި ކަމަށްވާތީ އެމަނިކުފާނު މި ބައްދަލުވުން ނިންމާލެއްވުމަށް ފަހު ޗުއްޓީގައި ހޭދަކުރައްވާނީ އެމެރިކާގަ އެވެ.