ޢާޒީ ބިލްޑިންގެ ޕާކިން ހަދާނެ ސާމާނު ހޯދަން ދެވަނަ ފަހަރަށް އިއުލާނުކޮށްފި
ޢާޒީ ބިލްޑިންގެ ޕާކިން ހަދާނެ ސާމާނު ހޯދަން ދެވަނަ ފަހަރަށް އިއުލާނުކޮށްފި

ޢާޒީ ބިލްޑިންގެ ޕާކިން ސަރަހައްދު ހަދަން ބޭނުންވާ ތަކެތި ހޯދުމަށް އިންފްރަސްޓްރަކްޗާ މިނިސްޓްރީއިން ދެވަނަ ފަހަރަށް އިއުލާނުކޮށްފިއެވެ.

ގާޒީ ބިލްޑިން ހުރި ބިމުގައި ޕާކިން ހެދުމުގެ މަސައްކަތް ސަރުކާރުން ފެށީ މި އަހަރުގެ މާޗް މަހުގައެވެ.

މިނިސްޓްރީއިން މިއަދު ސަރުކާރުގެ ގެޒެޓުގައި އާންމުކޮށްފައިވާ އިއުލާނުގައި ވަނީ އެތަން ހެދުމަށް ބޭނުންވާ ތަކެތި ހޯދުމަށް އަލުން އިއުލާނުކުރީ ކުރިން ކުރި އިއުލާނަށް އެކަށީގެންވާ ތަރުހީބެއް ނުލިބުމުންނާއި ސްކޯޕަށް ބަދަލުގެނެސްފައިވާތީ ކަމަށެވެ.

އެހެންކަމުން އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިނިސްޓްރީއިން ހުޅުވާލާ ކަމަށް އެ އިއުލާނުގައި ވަނީ ބުނެފައެވެ. މިނިސްޓްރީއިން ވަނީ މިކަމާގުޅޭ އިތުރު މައުލޫމާތު ސާފުރަން ބޭނުންވާނަމަ މިމަހުގެ 25 ވަނަ ދުވަހުގެ މެންދުރު 12:00ގެ ކުރިންއީމެއިލްމެދުވެރިކޮށް މައުލޫމާތު ސާފުކުރުމަށް އެދިފައެވެ.

ވެލާނާގެ ސަރަހައްދުގައި ހަދާފައިވާ ސަރަހައްދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިނިސްޓްރީއިން ބުނީ ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ މިމަހުގެ 27ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9:00ގައި މިނިސްޓްރީގައި ކަމަށެވެ.

ޢާޒީ ބިބިލްޑިން ތަޅާލީ 2023 ވަނަ އަހަރު އެތަން ވަރަށް ބޮޑަށް ހަލާކުވެ ބޮލަށް ވެއްޓޭ ހިސާބަށް ދިއުމުންނެވެ. އެއަށްފަހު އެތަނުގައި ޕާކިން ހެދުމަށް ވަނީ އާރުޑީސީއާ ހަވާލުކޮށްފައެވެ.