23 Jun 2026, 09:03
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ އަމާން ދޯދި ފަހެއްގެ ދެވަނަ ފަންގިފިލާއިން 16 އަހަރުގެ ކުއްޖަކު ވެއްޓި، ފަރުވާ ދޭން ފަށައިފިއެވެ.
މީޑިއާތަކާ ފުލުހުން ހިއްސާކުރި މެސެޖެއްގައި ވަނީ، 16 އަހަރުގެ އެ ކުއްޖާ ޓަވަރުން ވެއްޓިގެން ރިޕޯޓުކުރީ ރޭ 23:14 ހާއިރު ކަމަށެވެ.
އެ ކުއްޖާއަށް އެންމެ ފުރަތަމަ ފަރުވާ ދިނީ، ހުޅުމާލެ ހޮސްޕިޓަލުގައި ކަމަށް ފުލުހުން ބުންޏެވެ. އަދި، މިހާރު ފަރުވާ ދެމުން އަންނަނީ އައިޖީއެމްއެޗުގައި ކަމަށް ފުލުހުން ބުންޏެވެ.
'ސަން'އިން ސުވާލުކުރުމުން، އައިޖީއެމްއެޗްއިން ބުނީ، އަނިޔާވި ކުއްޖާއަށް ފަރުވާ ދެނީ ވެންޓިލޭޓަރުގައި ކަމަށެވެ. ނަމަވެސް، އިތުރު ތަފުސީލެއް ނުދެއެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
ފާހަގަކުރެވޭ ގޮތުގައި، މީގެކުރިން މާލެއާއި ހުޅުމާލޭގެ އުސް އިމާރާތްތަކުން މީހުން ވެއްޓި ބޮޑެތި އަނިޔާތައް ލިބިފައި އެބަހުއްޓެވެ. އަދި، އެ ފަދަ ހާދިސާތަކުގައި މީހުންގެ ފުރާނަ ވެސް ގެއްލިފައި އެބަހުއްޓެވެ.