20 Sep 2012, 19:53
ޓޫރިޒަމް އިތުރަށް ފުޅާ ކުރުމަށް ރިޒޯޓުގެ ތަރައްޤީކުރާނެ އިތުރު 14 ރަށް ހަމަޖައްސަން ނިންމަވާފައިވާތީ، ތަރައްޤީ ކުރާނެ ރަށްތައް ދިރާސާ ކުރުމަށް ފަހު ޓޫރިޒަމް މިނިސްޓްރީން އެރަށްތަކުގެ ލިސްޓު ވަޒީރުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
އަލަށް ރިސޯޓް ތަރައްގީ ކުރަން ޓޫރިޒަމުން ދިރާސާކޮށް ހުށަހެޅި ރަށްތަކަކީ ރ. ފަސްމަންދު އާއި ޅ. އޫކޮޅު ފިނޮޅާއި، ވ. ބޮޑުމޮހަރާއާއި، މ. ދިއްތުނޑިއާއި، ލ. ތިން ރަށް ކަމަށްވާ ހުޅިޔަންދޫ އާއި އޮޅުތޮޅާއި އުވަދެވިފުށްޓާއި، ގއ. އަތޮޅުގެ ފަސް ރަށް ކަމަށްވާ ބިހުރެހާއާއި ބޮޑުބޮނޑެއްޔާ އާއި ފަޅުވެއްރެހާ އާއި މާމުޓާ އާއި ޅޮއްސާ އާއި ގދ. ދެރަށް ކަމަށްވާ ކަންނިގިއްލާ އާއި ރަހަދުވާއެވެ.