18 Jun 2026, 21:37
ކ. ގުޅިއާއި ފުށިދިއްގަރުފަޅުގެ ކަނޑުއޮޅި ތެރެއިން އުޅަނދެއްގެ ބައެއް ތަކެތި އޮޔާދާތީ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތަކުން އެ ކަމަށް ސަމާލުވުމަށް އެމްއެންޑީއެފުން މިއަދު އިލްތިމާސްކޮށްފިއެވެ.
އެމްއެންޑީއެފު ކޯސްޓްގާޑުން ބުނީ، މި ތަކެތި އޮޔާދާ ކަމަށް ލަފާކުރެވެނީ އެ ސަރަހައްދުން އިރުމައްޗަށް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އެހެންވެ، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން އެ ކަމަށް ސަމާލުކަން ދިނުމަށާއި އެ ސަރަހައްދުން ރޭގަނޑު ދަތުރުކުރާ ނަމަ، ޚާއްޞަ ސަމާލުކަމެއް ދިނުމަށް ވެސް އެމްއެންޑީއެފުން އިލްތިމާސްކުރިއެވެ.
ފާހަގަކުރެވޭ ގޮތުގައި، އެކި ހާދިސާތަކުގައި ދޯނިފަހަރަށް ގެއްލުންވާ ހާލަތްތަކުގައި އެ ދޯންޏެއްގެ ބައެއް ތަކެތި އޮޔާދާތީ، ކަނޑު ދަތުރުކުރާ މީހުން އެ ކަމަށް ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކުރެއެވެ.