އިންޓަނޭޝަނަލް ކޯޗިން އެންރިޗްމަންޓް ސެޓްފިކޭޓް ޕްރޮގްރާމް (އައިސީއީސީޕީ) ގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ ބާސްކެޓް ބޯލް ޓީމުގެ ކޯޗް އިބްރާހިމް ނާހިދަށް ލިބިއްޖެ އެވެ.

އޮލިމްޕިކް ކޮމެޓީން ބުނީ އެމެރިކާގެ ޔުނިވާސިޓީ އޮފް ޑެލެވެއާގައި ފެށުމަށް ހަމަޖެހިފައިވާ މިކޯހުގައި ބައިވެރިވުމަށް ނާހިދު އަންނަ ހުކުރު ދުވަހު ފުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ހަތަރު މޮޑިއުލް އެއްގެ މައްޗަށް ބަހާލެވިގެން ކުރިއަށް ގެންދެވޭ މިކޯހުގެ ފުރަތަމަ މޮޑިއުލް އަންނަ ހޯމަ ދުވަހު ފެށުމަށް ވަނީ ހަމަޖެހިފަ އެވެ. ކޯހުގެ ފުރަތަމަ މޮޑިއުލް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށެވެ.