20 Sep 2012, 14:35
އަލިފުޅު ތުއްތު ފައުންޑޭޝަނުން ގދ. ގައްދޫ އަތޮޅު މަދުރަސާއަށް ކޮންޕިއުޓަރު ސިސްޓަމް ތަކެއް ހަދިޔާ ކޮށްފިއެވެ.
އަަލިފުޅު ތުއްތު ފައުންޑޭޝަންގައި ބޭއްވި ރަސްމިއްޔާތެއްގައި ކޮންޕިއުޓަރު ސިސްޓަމްތައް މިއަދު ހަވާލު ކޮށްދެއްވީ އެ ފައުންޑޭޝަންގެ ޕްރޮގްރާމް މެނޭޖާ އާސިމާ ލުތުފީއެވެ. ގދ. އަތޮޅު މަދުރަސާގެ ފަރާތުން ސިސްޓަމްތަކާ ހަވާލުވެވަޑައިގަތީ އަތޮޅު މަދުރަސާގެ ޕްރިންސިޕަލް އަހުމަދު އަމީން މުޙައްމަދު އެވެ.
އަލިފުޅު ތުއްތު ފައުންޑޭޝަންގެ ފަރާތުން އެ ސްކޫލަށް 10 ކޮންޕިއުޓަރު ސިސްޓަމް ހަދިޔާ ކުރި އެވެ.
ސިސްޓަމްތައް ހަވާލު ކުރެއްވުމަށް ފަހު އާސިމާ ލުތުފީ ވިދާޅުވީ މިފަދަ އެހީއެއް ވެދެވުނީތީ ވަރަށް ބޮޑަށް އުފާ ކުރާ ކަމަށާއި މުސްތަގުބަލުގައި ވެސް އަތޮޅުތަކުގައި މިފަދަ އެހީތަކަށް ބޭނުންވެފައިވާ ފަރާތްތަކަށް އެހީތެރިކަން ދެއްވާނެ ކަމަށެވެ.
ޕުރިންސިޕަލް އަމީން ވިދާޅުވީ މިފަދަ އެހީއެއް އަލިފުޅު ތުއްތު ފައުންޑޭޝަންގެ ފަރާތުން ވެދެއްވި ކަމަށްޓަކައި އެ ފައުންޑޭޝަނަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ. އަދި މިފަދަ ސިސްޓްމް ތަކެއް ސްކޫލަށް ލިބުމަކީ އަތޮޅަށާއި ސްކޫލަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެން ދާނެ ކަމެއް ކަމަށެވެ.
އޭނާ ވިދާޅުވީ ސްކޫލްގެ ކޮމްޕިއުޓަރު ކުލާސްތައް އަލުން ފަށާނެ ކަމަށާއި 2009 ވަނަ އަހަރުން ފެށިގެން އެ ކްލާސްތައް ވަނީ ހުއްޓިފަ އެވެ.