އަމިއްލަ ގޯތި ވަގުފުކުރައްވައި، ވިޔަފާރިވެރިޔާ ޞާލިޙް މިސްކިތެއް ބިނާކުރައްވައިފި
އަމިއްލަ ގޯތި ވަގުފުކުރައްވައި، ވިޔަފާރިވެރިޔާ ޞާލިޙް މިސްކިތެއް ބިނާކުރައްވައިފި

އަމިއްލަ ގޯތި ވަގުފުކުރައްވައި، ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙް ބިނާކުރެއްވި މިސްކިތް މިއަދު ހުޅުވައިފިއެވެ.

އަމިއްލަ ގޯތި ވަގުފުކުރައްވައި، ވިޔަފާރިވެރިޔާ ޞާލިޙް މިސްކިތެއް ބިނާކުރައްވައިފި
އަމިއްލަ ގޯތި ވަގުފުކުރައްވައި، ވިޔަފާރިވެރިޔާ ޞާލިޙް މިސްކިތެއް ބިނާކުރައްވައިފި

"ޑިމްސް"ގެ ނަމުގައި ގިނަ ވިޔަފާރިތަކެއް ހިންގެވި ޞާލިޙް ވަނީ، ދައުލަތަށް ގިނަ ދުވަހު ޚިދުމަތްކުރައްވައިފައިވާތީ، މިދިޔަ އަހަރު ނިޝާން މުލީގޭ ޝަރަފްގެ އިއްޒަތުގެ ވެރިޔާގެ ލަގަބު ހޯއްދަވައިފައެވެ.

ޞާލިޙްގެ ގޯތީގައި ހުޅުވި މަސްޖިދު ޒުލައިޚާ މުޙައްމަދު --- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

"މަސްޖިދު ޒުލައިޚާ މުޙައްމަދު"ގެ ނަމުގައި ޞާލިޙް އައްޑޫ ހުޅުދޫގައި މިސްކިތެއް ބިނާކުރެއްވީ ޞާލިޙްގެ އަމިއްލަ ގޯތި ވަގުފުކުރެއްވުމަށް ފަހުގައެވެ.

އެ މިސްކިތް ހުޅުވައިދެއްވީ އެކަމަށް ޓަކައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.

މިސްކިތް ހުޅުވައިދެއްވުމަށްފަހު މިނިސްޓަރު ޝަހީމް، ވިޔަފާރިވެރިޔާ ޞާލިޙާ ވާހަކަ ދައްކަވަނީ --- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ޞާލިޙްގެ އާއިލާގެ ބޭފުޅުންވެސް ބައިވެރިވި މި ރަސްމިއްޔާތުގައި ޝަހީމް ވިދާޅުވީ، މާތް الله އަށް ޓަކައި ޞާލިޙްގެ ގޯތި ވަގުފުކޮށް ބިނާކުރެއްވުމަކީ އަދުގެ ޒުވާން ޖީލަށް އޮތް ރަނގަޅު ފިލާވަޅެއް ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، މިއަދު ހުޅުވި މިސްކިތަކީ 200 މީހުންގެ ޖާގައިގެ މިސްކިތެއް ކަމަށެވެ.