ވޯލްޑް ކަޕް 2026: ޕޯޗުގަލް ޓީމު މާގިނައިރު ބީޗުގައި އުޅޭތީ ޓީމަށް ބޮޑެތި ފާޑުކިޔުންތަކެއް
ވޯލްޑް ކަޕް 2026: ޕޯޗުގަލް ޓީމު މާގިނައިރު ބީޗުގައި އުޅޭތީ ޓީމަށް ބޮޑެތި ފާޑުކިޔުންތަކެއް

ފީފާ ވޯލްޑް ކަޕް 2026 ގެ ފުރަތަމަ މެޗަށް ތައްޔާރުވަމުންދާއިރު، ޕޯޗުގަލްގެ ކުޅުންތެރިން ބީޗުގައި މާ ގިނަ ވަގުތު ހޭދަކޮށް އަރާމުކުރާ ކަމަށް ބުނެ މީޑިއާއިން ކުރި ފާޑުކިޔުންތަކަށް އެ ޓީމުގެ ކުޅުންތެރިން ރައްދުދީފިއެވެ.

ވޯލްޑް ކަޕް 2026: ޕޯޗުގަލް ޓީމު މާގިނައިރު ބީޗުގައި އުޅޭތީ ޓީމަށް ބޮޑެތި ފާޑުކިޔުންތަކެއް
ވޯލްޑް ކަޕް 2026: ޕޯޗުގަލް ޓީމު މާގިނައިރު ބީޗުގައި އުޅޭތީ ޓީމަށް ބޮޑެތި ފާޑުކިޔުންތަކެއް

ގްރޫޕް ކޭ ގައި ހިމެނޭ ޕޯޗުގަލުން ފްލޮރިޑާގައި ހުންނަ ޕާމް ބީޗް ގާޑަންސް ރިސޯޓުގައި ކެމްޕް ޖަހާފައިވާއިރު، ޕޯޗުގަލްގެ ބައެއް މީޑިއާތަކުން ވަނީ އެ ކުޅުންތެރިން މާ ފަސޭހަކޮށް ކަންކަން ނަގަނީ ނޫންތޯ ސުވާލު އުފައްދާފައެވެ.

ޕޯޗުގަލް ގައުމީ ޓީމުގެ ތަރި ރުބެން ޑިއާސް--

ނަމަވެސް މެންޗެސްޓަރ ސިޓީގެ މިޑްފީލްޑަރު މެތިއަސް ނޫނޭޒް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނީ، ހެނދުނު ގަޑީގައި ބީޗަށް ދިއުމަކީ އެމެރިކާގެ ހޫނު މޫސުމަށް ހޭނުމުގެ ގޮތުން ރޭވުންތެރިކަމާއެކު ކުރާ ކަމެއް ކަމަށެވެ.

އަދި އޭނާ މުޅި އަހަރު ކުޅުނީ އިރުގެ އަލިކަން މަދު މެންޗެސްޓާގައި ކަމަށްވުމުން، މިފަދަ ބަދަލަކަށް ހޭނުމަކީ މުހިންމު ކަމެއް ކަމަށާއި، ފަރިތަކުރުންތައް އޮންނަނީ ހަވީރު ގަޑީގައި ކަމަށް އޭނާ ހާމަކުރިއެވެ.

ޕޯޗުގަލް ގައުމީ ޓީމުގެ ދެ ކުޅުންތެރިން ކަމަށްވާ ބެނާޑޯ ސިލްވާއާއި ގޮންކާލޯ ބީޗުގައި--

މި ކޭމްޕުގެ ތެރެއިން ބެނާޑޯ ސިލްވާ، ރުބެން ޑިއާސް އަދި ޔޮއާއޯ ފެލިކްސް ފަދަ ތަރިން ބީޗުގައި ހިނގާލާ، މޫދަށް އެރި އުޅޭ މަންޒަރު ފެނިފައިވެއެވެ.

ޕޯޗުގަލް ޓީމު އެމެރިކާއަށް އައިސްފައިވަނީ އެހެން ޓީމުތަކަށްވުރެ ކުޑަތަންކޮޅެއް ލަހުން، މިދިޔަ ހުކުރު ދުވަހުއެވެ. މިގޮތަށް އަރާމުކުރުމުގެ ވަގުތުތައް ހޭދަކުރި ނަމަވެސް، އެމީހުންގެ ތަމްރީނު ހަދާ ސަރަހައްދު ކައިރިން މަދުވެގެން ހަތަރު ކިނބޫ ފެނުމާ ގުޅިގެން ކުޅުންތެރިންގެ މެދުގައި ކޮންމެވެސް ވަރެއްގެ ހާސްކަމެއް ވެސް އުފެދުނެވެ.

އުމުރުން 41 އަހަރުގެ ކްރިސްޓިއާނޯ ރޮނާލްޑޯގެ ފަހު ވޯލްޑްކަޕަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާއިރު، އޭނާގެ ފިޒިކަލް ފިޓްނަސްއާ މެދު ސުވާލުކުރުމުން ބުނީ އޭނާ ހުރީ ވަރަށް ސާބިތުކަމާއެކު ފިޓްކޮށް ކަމަށެވެ.

ޕޯޗުގަލްގެ ފުރަތަމަ މެޗުގައި ބުދަ ދުވަހު ނިކުންނާނީ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއާ ދެކޮޅަށެވެ.