އީވާން ނަސީމް މަރާލައި، ޖަލުގައި ބަޑިޖެހި ހާދިސާއަށް ނުވަ އަހަރު ފުރުން ފާހަގަ ކުރަން އެމްޑީޕީން މިރޭ ޖަލްސާއެއް ބާއްވަން ނިންމައިފި އެވެ.

މާފުށީ ޖަލުގައި މ. އޭޝިއާ، ހަސަން އީވާން ނަސީމް މަރާލާފައި ވަނީ ސެޕްޓެމްބަރު 19، 2003 ގައެވެ. ޖަލުގައި ބަޑި ޖަހާފައި ވަނީ ސެޕްޓެމްބަރު 20، 2003 ގަ އެވެ.

އެމްޑީޕީން ބުނީ މިރޭ އާޓިފިޝަލް ބީޗަށް އެއްވަނީ އެ ދެ ދެދުވަހު ލާ އިންސާނީ އަމަލެއް ހިންގާފައިވާތީ އެ ކަން ފާހަގަކުރަން ގޮތުން ބާއްވާ ޖަލްސާއެއް ކުރަން ކަމަށެވެ.

އެތައް ބަޔަކަށް ބޮޑެތި ލާ އިންސާނީ އަނިޔާދީފައިވާ އެ ހާދިސާތަކަށް ނުވަ އަހަރު ފުރުން ހިތާމައާއެކު ފާހަގަކޮށް، އެ ލާއިންސާނީ ޖަރީމާ ހިންގިއިރު އޮތް ސަރުކާރުގެ ވެރިންނަށް ޙައްގު އަދަބު ދިނުމަށް ޖަލްސާގައި ގޮވާލާނެ ކަމަށް ވެސް އެމްޑީޕީން ނެރުނު ނޫސް ބަޔާނެއްގައި ވެއެވެ.