19 Sep 2012, 18:54
ފްރާންސްގައި މިހާރު ކުރިޔަށްދާ ޓޮޕްރޭސާ ޓްރެވެލް އެގްޒަބިޝަންގައި ރާއްޖެ ބައިވެރިވެއްޖެ އެވެ.
ފްރާންސްގެ ޕެރިހުގެ ޕޯޓޭ ޑިވާސޭ އެކްސްޕޯ ސެންޓަރުގައި އިއްޔެއިން ފެށިގެން އަންނަ ހުކުރު ދުވަހުގެ ނިލަޔަށް ކުރިޔަށްދާ ފެއާގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނާއި ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގެ 10 ކުންފުންޏެއް ބައިވެރިވެ އެވެ.
މި ފެއާގައު ފުރާންސްގެ ޓޫރިޒަމާ ގުޅުން ހުރި މަޖައްލާތަކަށާއި ޓުއާ އޮޕަރޭޓަރުންނާއި ޕީއާރް އެޖެންސީތަކާއެކު ބައްދަލުކޮށް ފުރާންސުން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އިތުރު ކުރަން މަޝްވަރާ ކުރާނެ އެވެ.
ރާއްޖެ އަންނަ ޓޫރިސްޓުންގެ ތެރެއިން 6.5 ޕަސެންޓް ހިއްސާ ކުރަނީ ފްރާންސެވެ. މިއަހަރުގެ އޯގަސްޓް މަހުގެ ނިޔަލަށް ފްރާންސްން 40155 ޓޫރިސްޓުން ރާއްޖެ އައިރު އެގައުމަކީ ހަވަނައަށް އެންމެ ގިނައިން ރާއްޖެއަށް ޓޫރިސްޓުން އަންނަ ގައުމެވެ.