19 Sep 2012, 16:15
ތައިލެންޑް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ޕޮލްޑެޖް ވޮޗަޓް އެމަނިކުފާނުގެ ސަފީރު ކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދަށް މިއަދު އަރުއްވައިފި އެވެ.
ރައީސްގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި މިރަސްމިއްޔާތުގައި ފަތްކޮޅު އެރުއްވުމަށްފަހު ތައިލެންޑްގެ އާ ސަފީރާ ރައީސް ބައްދަލުކުރައްވައި ސަފީރަށް ތަހުނިޔާ ވިދާޅުވި އެވެ. އަދި ރާއްޖެއާއި ތައިލެންޑާ ދެމެދު އޮތް ގުޅުމާއި މިގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭ ގޮތުން ދެ ބޭފުޅުން ވާހަކަފުޅު ދެއްކެވި އެވެ.