ތިން ރަށެއްގައި ހުސްވެފައިވާ ރަށު ކައުންސިލް ގޮނޑިއަށް މެންބަރު އިންތިހާބު ކުރުމަށާއި އަތޮޅު ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މެންބަރު އިންތިހާބު ކުރުމަށް އަންނަ މަހުގެ 29 ގައި ބައި އިލެކްޝަން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

އަންނަ މަހު ބައި އިލެކްޝަން ބޭއްވުމަށް ނިންމާފައިވަނީ އދ. ދިއްދޫ ކައުންސިލާއި ފ. ބިލެތްދޫ ކައުންސިލާއި ލ. މާބައިދޫ ރަށު ކައުންސިލްގެ އިތުރުން މ. އަތޮޅު ކައުންސިލް (މުލަކު ދާއިރާ) ބައި އިލެކްޝަނެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ހަތަރު ބައި އިލެކްޝަނަށް ކުރިމަތި ލުމަށް އެދޭ ފަރާތްތަކަށް ފުރުސަތު މިހާރުވަނީ ހުޅުވާލާފަ އެވެ.

އެކޮމިޝަނުން ބުނީ އެ ހަތަރު ބައި އިލެކްޝަނަށް ކުރިމަތި މި މަހުގެ 15 އިން ފެށިގެން 28 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފަ އެވެ.

މީގެ އިތުރުން ރ. އަތޮޅު ކައުންސިލްގެ ބައި އިލެކްޝަނާއި މ. ރަތްމަންދޫ ރަށު ކައުންސިލްގެ ބައި އިލެކްޝަން މި މަހު 22 ވަނަ ދުވަހު ބޭއްވުމަށްވެސް ވަނީ ހަމަ ޖެހިފަ އެވެ.