ރައްޔިތުންގެ މަޖިލީހުގެ ހުޅުމީދޫ ދާއިރާގެ މެންބަރު އިލިޔާސް ލަބީބު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފި އެވެ.

އިލިޔާސް ލަބީބު ފުލުހުންގެ އިދާރާއަށް މިއަދު ހެނދުނު ހާޒިރުކޮށްފައިވަނީ އެމްޑީޕީން އޮގަސްޓް 31 ގައި އޯކިޑް މަގުގައި ކުރި މުޒާހަރާއެއްގައި ފުލުހުން ޖަހާފައި ހުރި ބެރިކޭޑެއްގެ ތެރެއަަށް އިލިޔާސް ލަބީބު ވަދެވަޑައިގެން ކަމަށް ފުލުހުން ތުހުމަތު ކުރާ މައްސަލައަކާ ގުޅިގެން ނެވެ.

ނަމަވެސް އިލިޔާސް ލަބީބު މިއަދު ވަނީ ފުލުހުންގެ އިދާރާއަށް ހާޒިރުވެވަޑައިގެން ހަނު ހުރުމުގެ ހައްގުގެ ބޭނުން ކުރައްވައިފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އިލިޔާސް ލަބީބު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައިވަނީ ފުލުހުންގެ ބެރިކޭޑްތަކެއްގެ ތެރެއަށް ވެންނެވުމަށްފަހު ހަމަނުޖެހުން ހިންގަވައި ތަނުގެ މަސްލަހަތު ނަގާލައިފައިވާތީ އެކަމާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ތަހުގީގަށް ބޭނުންވާ މައުލޫމާތެއް ސާފުކުރުމަށް ކަމަށެވެ.