19 Sep 2012, 12:07
ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި ފްރާންސްގެ ޕީއެސްޖީ އާއި އިންގްލޭންޑްގެ އާސެނަލް އަދި ޖަތުމަނުގެ ބޮރޫޝިއާ ޑޯޑްމުންޑް ފެށުން ވަރަށް ރަނގަޅުކޮށްފި އެވެ.
މި ސީޒަނަށް މޮޅު ކުޅުންތެރިންތަކެއް ހޯދި ޕީއެސްޖީ ރޭ މޮޅުވީ ރަޝިޔާގެ ޑީނަމޯ ކިއޭވް އަތުން 4-1 އިންނެވެ. ގޯލު ޖެހީ އެ ޓީމުގެ އެންމެ އަގުބޮޑު ދެ ކުޅުންތެރިން ކަމަށްވާ ފޯވަށް ލާޓަން އިބްރަހިމޮވިޗާއި ޑިފެންޑަރު ތިއާގޯ ސިލްވާ އަދި އެލެކްސް އާއި ޕަސްޓޮރޭ އެވެ. ޑީނަމޯ އަށް ލަނޑު ޖަހައިދިނީ ވެލޯސޯ އެވެ.
އާސެނަލް މޮޅުވީ މޮންޓްޕެއްލިއާއާ ވާދަކޮށް 2-1 އިންނެވެ. ލަނޑު ޖެހީ ލޫކާސް ޕްޑޮލްސްކީ އާއި ޖާވީނިއޯ އެވެ. ޑީނަމޯގެ ލަނޑު ޖެހީ ޕެނަލްޓީ އަކުން ބެލްހަންޑާ އެވެ.
ގްރޫޕް އޭގައި އެފްސީ ޕޯޓޯ ރޭ މޮޅުވީ ޑީނަމޯ ޒެގްރެބާ ވާދަކޮށް 2-0 އިންނެވެ.
ހޮލެންޑްގެ އަޔެކްސް އަތުން ޖަރުމަނުގެ ބޮރޫޝިއާ ޑޯޑްމުންޑް މޮޅުވީ 1-0 އިންނެވެ. ހުމެލްސް އަތުން ޕެނަލްޓީއެއް ނާކާމިޔާބުވެފައިވަނިކޮށް މެޗުގެ ހަމައެކަނި ލަނޑު ޖެހީ ރޮބަޓް ލެވޮންޑޮވްސްކީ އެވެ.