08 Jun 2026, 16:59
ގައުމީ ބޭންކު ބީއެމްއެލްގެ ބޭންކު ފަންޑަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް ހަމަވާނެއެވެ.
ބޭންކު ފަންޑަކީ ރަޖިސްޓްރީކޮށްގެން ހިންގާ ކްލަބު ޖަމިއްޔާތަކަށް ދެމެހެއްޓެނިވި އެކި މަޝްރޫއުތައް ހިންގުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އަމާޒުކޮށްގެން ހިންގާ ގްރާންޓެކެވެ.
ދެހާސް ސައުވީސް ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް އެއްފަހަރު މި ގްރާންޓަށް ބީއެމްއެލުން ހުޅުވައިލައެވެ.
މި އަހަރު ބޭންކް ފަންޑަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ މެއި މަހުގެ 13 ވަނަ ދުވަހުން ފެށިގެން އަންނަ އާދީއްތަ ދުވަހުގެ މެންދުރުފަހު ދޭއް ޖެހުމާ ހަމައަށެވެ.
ބީއެމްއެލުން ބުނީ، ބޭންކް ފަންޑަށް އެޕްލިކޭޝަން ފޯމާއި ޕްރޮޕޯސަލްއީމެއިލްމެދުވެރިކޮށް ހުށަހެޅޭނެ ކަމަށެވެ.
މި ފަންޑު ކާމިޔާބުކުރާ ފަސް ފަރާތަކަށް ތައުލީމު، ތިމާވެށި، ކުޅިވަރު، އަދި މުޖުތަމައަށް ފައިދާ ހުރި ޕްރޮޖެކްޓްތައް ހިންގުމަށް ދެ ލައްކަ ރުފިޔާގެ ހިލޭ އެހީ ފޯރުކޮށްދޭނެ ކަމަށް ބީއެމްއެލުން ބުންޏެވެ.