މަސްތުވާތަކެއްޗާއެކު އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަން ގޮސް ހުރި މީހަކު ހައްުޔަރުކޮށްފި އެވެ.

ފުލުހުންގެ ސަބް އިންސްޕެކްޓަރު ހަސަން ހަނީފު ވިދާޅުވީ މިއަދު ހެނދުނު ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިނގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ އުމުރުން 20 އަހަރުގެ ޒުވާނެއް ކަމަށާއި އެމީހާ އަތުލައިގެންފައިވަނީ އައްޑޫއަށް ފުރަން ގޮސް އެއާޕޯޓްގައި ހުއްޓައި ކަމަށެވެ.

އެމީހާގެ އަތުގައި ހުރި މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ އެއްޗެއް އަޅައިފައި ހުރި ބްލެޓް ސައިޒްގެ ފަސް ޕަކެޓް ފެނިފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ހަށިގަނޑު ބަލާފާސްކުރުމުގެ ތެރޭގައި ފައިގެ ފަލަމަސްގަނޑުގައި ޓޭޕްއޮޅާ އައްސާފައި ހުއްޓާ ކަމަށް ފުލުހުން ބުންޏެވެ. އެމީހާގެ އަތުން ފެނިފައިވަނީ ހިރޮއިން ކަމަށް ފުލުހުން ތުހުމަތުކުރެ އެވެ.

ދާދި ފަހުން ވެސް ފުލުހުން ވަނީ މާލެއިން ކާޑެއްދޫއަށް ދިއުމަށްޓަކައި އެއާޕޯޓަށް ގޮސް ހުރި އުމުރުން 20 އަހަރުގެ ފިރިހެނަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފަ އެވެ. އެމީހާގެ އަތުން އެތަކެތި ފެނުނީ އޭނާގެ ބޮކްސާގެ ތެރެއިންނެވެ.